ރައީސް ޞާލިޙް ހޮވޭނެ، އެމްޑީޕީގެ ވެރިކަމެއް ބޭނުންވޭ: ނިހާދު

ރައީސް ޞާލިޙް ހޮވޭނެ، އެމްޑީޕީގެ ވެރިކަމެއް ބޭނުންވޭ: ނިހާދު

Author
މުޙައްމަދު ޖިމީ
18 ޑިސެމްބަރ 2022 04:50
0

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ނަތީޖާ ވަރަށް ސާފުކަމަށާއި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކުރިއަށް އޮތް ދައުރަށްވެސް ހޮވިވަޑައިގަންނަވާނެކަމަށް ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމުގެ ފުރުޞަތު އެޕާޓީން މިއަދު ހުޅުވާލުމާއި ގުޅިގެން ނިހާދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ ޕާޓީގެ ޕްރައިމަރީއަށް ހުލުވާލާފައިވާަމަށާއި، އެމްޑީޕީން އަމަލުކުރަމުންދާ ގޮތައި އެއްވެސް ތަފާތެއް ނެތްކަމަށް ނިހާދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ބަހަނާ ނުދައްކާ ކުރިމަތިލައްވަން ބޭނުންފުޅުވާ ބޭފުޅުން ކުރިމަތިލައްވަންވީކަމަށެވެ. އޭނާ އެ އިޝާރާތްކުރެއްވީ ރައީސް ނަޝީދަށްކަމަށް ބެލެވެއެވެ.

ނިހާދު ވިދާޅުވީ އިންތިޚާބުގެ ނަތީޖާ ވަރަށް ސާފުކަމަށާއި، އެކަން އިއްޔެގެ ނަތީޖާއިންވެސް ސާފުކަމަށެވެ. އިއްޔެ ބޭއްވި މަތިއުތު ޕްރޮވިންސްގެ ރައީސްކަމަށް އިންތިޚާބުވެފައިިވަނީ ރައީސް ޞާލިޙް ފެކްޝަނަށް ނިސްބަތްވާ، އަދި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީނެވެ. ނިހާދު ވިދާޅުވީ ރައީސް ޞާލިޙް ހޮވޭނެކަމަށާއި، އެމްޑީޕީގެ ވެރިކަމެއް ބޭނުންވާކަމަށެވެ.

 

އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެކަން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މީގެ ކުރިން އިއުލާންކުރއްވާފައިވެއެވެ. އަދި ރައީސް ނަޝީދުވެސް މިއަދު ވަނީ ރަސްމީކޮށް ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާންކުރައްވާފައެވެ. އެމްޑީޕީގެ ޕްރައިމަރީ އޮންނާނީ ޖެނުއަރީ 28ގައެވެ. މިމަހުގެ 24ގެ ކުރިން ވާދަކުރައްވާ ކެނޑިޑޭޓުން ޕާޓީއަށް ނަން ހުށައަޅަންޖެހެއެވެ.

ރިޔާސީ އިންތިޚާބު އޮންނާނީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޑ ޑީޑި
އޭ އައްޑު އަތޮޅު ފޭދޫ ގަބިޅާ ތައް ލާހިކެއްނޫން އެކަން ކެރާއް އަފިރިންިތިބާ އިބިރިހިމާއަ ދެކެޑައް ބޯކޮހާ ކޮސްބޮލާ