ފައިސާއަށް ވާނުވާގޮތް ނޭނގޭކަމަށްބުނެ ޕީޕީއެމްގެ އިސްވެރިން ބީއެމްއެލްދޮށަށް!

ފައިސާއަށް ވާނުވާގޮތް ނޭނގޭކަމަށްބުނެ ޕީޕީއެމްގެ އިސްވެރިން ބީއެމްއެލްދޮށަށް!

Author
ޢަލީ އާދަމް
18 ޑިސެމްބަރ 2022 04:07
0

ބޭންކް އޮފް މޯލްޑިވްސ (ބީއެމްއެލް)ގައި ހުންނަ ދިވެހިރައްޔިތުންގެ ފައިސާއަށް ވާނުވާއެއް ނޭނގޭ މައްސަލަތައް އިތުރުވެފައިވަކަމަށްބުނެ އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ އިސްވެރިން ބީއެމްއެލްގެ ހެޑް އޮފީސްދޮށަށް އެއްވެއްޖެއެވެ.

ޕީޕީއެމްއިން ބުނީ ރައްޔިތުންގެ ފައިސާއަށް ވާނުވާ ނޭނގުމާއި، ޑޮލަރު ލިބުމުގެ ދަތިކަމުންނާއި، ބީއެމްއެލްގައި ހުންނަ ރައްޔިތުންގެ އަމިއްލަ ފައިސާ ބޭނުން ނުކުރެވުމާއި، ފައިސާނަގަން ލިމިޓޭޝަންސްތައް ހުރުމުންނާއި، ސްކޭމްތައް އިތުރުވެ ރައްޔިތުންގެ ކަންބޮޑުވުން އިތުރުވެފައިވާތީ ޕީޕީއެމް ޕީއެންސީން މިއަދުވަނީ ބީއެމްއެލްގެ އިސްވެރިންނާ ބައްދަލުކުރުމަށް ވަޑައިގެންފައިކަމަށެވެ.

މީގެ އިތުރުން ބީއެމްއެލްއާއި ބައްދަލުކުރަނީ އެމްއެމްއޭގެ ގަވަރަނަރާއި ބޭއްވި ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅާއި ގުޅިގެން އުފެދިފައިވާ ކަންބޮޑުވުންތަކާވެސް ގުޅިގެންކަމަށް ޕީޕީއެމްއިން ބުނެއެވެ.

އެހެންނަމަވެސް މިއަދު އިދިކޮޅު ފަރާތްތަކަށް ބީއެމްއެލްގެ އިސް ބޭފުޅުންނާ ބައްދަލުވާގޮތް ވަނީ ނުވެފައެވެ. ޕީޕީއެމްއިން ވަނީ މިކަންކަމާއި ގުޅިގެން މަޝްވަރާކުރެއްވުމަށް މާދަމާ 13:00އަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރޝިޕުން ބީއެމްއެލްއަށް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައިކަމަށް ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ސ ސަިހްނދާ
ބީއެމް އެލް އިން މިހާރު އެކި ސްކޭމޭ ކިޔައިގެން ސިފައިންނާ ގުޅިގެން އާންމުންގެ އެކައުންޓު ތަކުން މީހުންނަށް ނޭނގޭ ގޮތަށް ވައްކަން ކުރަން ފަށައިފި...ދުވާޅަކު އެއްރުފިޔާދެރުފިޔާ ކައްވާލާ!!އެކަން ކުރަނީ ބޭންކުގަ އުޅޭ ގުރޫޕެއް ސިފައިންގެ ޕާޓޭ ގުރާޕަކާ ގުޅިގެން!!!ދިވެހިންނަށް ހަލާކު ހުރި!!!