"މިޝަން މަޖުނޫ" ގެ ޓީޒާ ދައްކާލައިފި

"މިޝަން މަޖުނޫ" ގެ ޓީޒާ ދައްކާލައިފި

Author
ފާތިމަތު ނާވީ
19 ޑިސެމްބަރ 2022 06:20
0

އަންނަ މަހު ނެޓްފްލިކްސް އިން ޕްރީމިއާކުރަން ހަމަޖެހިފައިވާ ސިދާތު މަލްއުތުރާގެ ފިލްމު "މިޝަން މަޖުނޫ" ގެ ޓީޒާއެއް ދައްކާލައިފި އެވެ.

ހަގީގީ ހާދިސާ އެއްގެ މައްޗަށް ގެނެސް ދޭ ފިލްމް "މިޝަން މަޖްނޫ" އޯޓީޓީ ޕްލެޓްފޯމްއެއް ކަމުގައިވާ ނެޓްފްލިކްސް އިން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހުގައި ޕްރިމިއާ ކުރާގޮތަށެވެ.

 

View this post on Instagram

 

A post shared by Netflix India (@netflix_in)

މި ފިލްމްގައި ސިދާތާއި އެކު ފެނިގެން ދާނީ ސައުތުގެ އެކްޓްރެސް ރަޝްމީކާ މަންދަނަ އެވެ. ރަޝްމީކާ އަކީ ޓެމިލް ފިލްމް އިންޑަސްޓްރީގައި އޭ ލިސްޓްގެ ތަރިންގެ ތެރޭގައި ހިމެނޭ ތަރިއެކެވެ. އެގޮތުން އޭނާގެ ފިލްމް "ޕުޝްބާ" އަކީ ބޮޑު ކާމިޔާބެއް ހޯދި ފިލްމްއެކެވެ.

ސިދާތު މި ފިލްމުގައި ސްޕައި އެއްގެ ރޯލު ކުޅޭ އިރު އޭނާ ވަނީ މިދިއަ އަހަރު ޑިސެމްބަރުގައި މި ފިލްމްގެ ފަޝްޓުލުކް ދައްކާލައިފައެވެ. މި ފިލްމްގެ ޑައިރެކްޓަރަކީ ޝަންތަނޫ ބަގްޗީއެވެ. ފިލްމް ގެ ޕްރޮޑިއުސަރުންނަކީ ރޯނީ ސުކުރުވާލާއި އަމްރު ބުޓާލާ އަދި ގަރީމާ މެހްތާ އެވެ.

 

View this post on Instagram

 

A post shared by Sidharth Malhotra (@sidmalhotra)

މިއީ ސިދާތުގެ ފިލްމެއް ސިނަމާތަކަށް ނުގެނެސްދިން ޑިޖިޓަލްކޮށް ޕްރީމިއާކުރާ ދެވަނަ ފަހަރެވެ. ފުރަތަމަ ފިލްމަކީ މިދިޔަ އަހަރު ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން އެމެޒޯން ޕްރައިމް ވީޑިއޯ އަށް ގެނެސްދިން ކާމިޔާބު ވަތަނީ ފިލްމު "ޝޭރުޝާ" އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.