ވީއައިޕީ ޖަލު މަރާމާތުކޮށް އާބާތުރަ ފިލުވަން ފެށިވާހަކަ ދޮގުކޮށްފި

ވީއައިޕީ ޖަލު މަރާމާތުކޮށް އާބާތުރަ ފިލުވަން ފެށިވާހަކަ ދޮގުކޮށްފި

Author
މުޙައްމަދު ޝަޒައިމް
17 ޑިސެމްބަރ 2022 03:53
0

މާފުށީ ޖަލުގައި ހުންނަ ވީއައިޕީ ޖަލު މަރާމާތުކޮށް އާބާތުރަ ފިލުވުމުގެ މަސައްކަތް ފަށާފައިވާކަމަށް ދެކެވޭ ވާހަތައް ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ދޮގުކުރައްވައިފިއެވެ.

ސޯޝަލް މީޑިއާގައި ނޫސްވެރިއަކު ވަނީ ކުއްލި އޯޑަރަކާއެކު މާފުށި ޖަލުގެ ވީއައިޕީ ޖަލު މަރާމާތުކޮށް އާބާތުރަ ފިލުވަން ފަށައިފިކަމަށް ކަރެކްޝަންސްގެ އިސް އޮފިޝަލެއްް މައުލޫމާތު ދީފައިވާކަމަށް ބުނެ ޓުވީޓް ކޮށްފައެވެ. މިޓުވީޓާއި ގުޅިގެން ސީޕީ އަހުމަދު ވިދާޅުވީ މިއީ އެއްވެސް ހަގީގަތެއް ނެތް ވާހަކައެއް ކަމަށެވެ. އަދި މިއުލޫމާތަކީ ޞައްޚަ މައުލޫމާތެއް ނޫންކަމަށް ސީޕީ ވަނީ ވިދާޅުވެފައެވެ.

ޖަލުގެ ވީއައިޕީ ޖަލު މަރާމާތު ކުރުމުގެ އަޑުތައް ފެތުރިފައިވަނީ ވ.އާރަށު މައްސަލާގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް ހުކުމް ކުރުމުގެ އަޑު އެހުން މިމަހު ބޭއްވުމަށް ތާވަލް ކޮށްފައިވާ ދަނޑިވަޅެއްގައެވެ. ބައެއް ފަރާތްތަކުން ބުނަމުން ދަނީ ޝަރީއަތް ކުރިއަށް ދިޔަ ގޮތަށް ބަލާއިރު މިމައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ހުކުމެއް އައުމަކީ ދުރު ކަމެއްކަމަށެވެ. ނަމަވެސް ބައެއް ފަރާތްތަކުން ދަނީ މިމައްސަލާގައި ރައީސް ޔާމީނަށް ހުކުމް އައުމަކީ ގާތްކަމެއް ކަމަށް ބުނެފައެވެ.

ސިޔާސީ ވެރިންނާއ، ރާއްޖޭގައި ވެރިކަން ކުރައްވާފައިވާ ތިއްބަވާ ބޭފުޅުންނަށް ޖަލުހުކުމެއް އަތުވެއްޖެނަމަ، ބަންދު ކުރެވެނީ ޖަލުގައި ހުންނަ ވީއައިޕީ ޖަލުގައެވެ. މިއީ އާންމު ކުއްވެރިންނާއި އެކަހެރިކޮށް ހުންނަ ޖަލެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޖ ޖައްލާދު
އަޑެއްކިއައިފިއްޔާ ރެނދެއްލާނޭ ބުނާ އުސޫލުން ތީ ދެކެވިފާވާ ވާހަކައަކަށް ވާނީ، މި ލާއިންސާނީ ސަރުކާރުން އަދި ސަރުކާރުގެ އެއްވެސް މުއައްސަސާއަކުން ތެދެއް ބުނެފާ އެބައޮތްތޯ؟ ދޮގުހެދުމާ އޮޅުވާލުމާ މަކަރުހެދުން ފިޔަވާ އެއްކަމެއްވެސް ކުރެވުނުތޯ؟ މިހުރިހާދޮގެއް މަކަރެއް އޮޅުވާލުމެއްވެސް މިހާރު ރައިއްޔަތުން ގަބޫލު ނުކޮށް ހަޅޭއްލަވަންފެށީމާ ދެން އަނެއްކާވެސް އޮޅުމަކުންކަމަށް ބުނެ މި ހަދަނީ އަނެއްކާވެސް ދޮގު، ދޮގުމައްޗަށް ދޮގު.