ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެ މަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ޤަޠަރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މިއަދު ރާއްޖެ ވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޤަޠަރަށް ވަޑައިގެންނެވީ ޤަޠަރުގެ އަމީރު ޝެއިޚް ތަމީމް ބިން ޙަމަދު އައްޘާނީގެ ދަޢުވަތަކަށެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ޤަޠަރުގައި މިހާރު ކުރިޔަށްދާ ފީފާ ވޯލްޑްކަޕް 2022ގެ ސެމީ ފައިނަލް މެޗްތައް ބައްލަވާލައްވާފައެވެ.
ޤަތަރުގައި ބާއްވާ ވޯލްޑް ކަޕުގެ މެޗެއް ބައްލަވައިލެއްވުމަށް ވަޑައިގެންނެވުމަށް ރައީސް ސޯލިހަށް ގަތަރުގެ ފަރާތުން ދައުވަތު އެރުވީ ޤަތަރުގެ އުރީދޫ ކުންފުނިންނެވެ. އެދައުވަތު އެކުންފުނިން އެރުވީ އުރީދޫގެ ސީއީއޯ ޚާލިދު ޙަސަން އަލް ހަމާދީ މިދިޔަ މެއި މަހު ރައީސް ސޯލިހާއި އެކު ބޭއްވި ބައްދަލުވުމުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޤަޠަރަށް ކުރެއްވި މި ދަތުރުފުޅަކީ ދެ ޤައުމުގެ ދެމެދު އޮންނަ ގާތްގުޅުން ރަމްޒުކޮށްދޭ މުހިންމު ދަތުރުފުޅެކެވެ.
ކޮމެންޓު ފޮނުވާ