ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބެއް ހޯދި ފިލްމް "ޖޯކާ"ގެ ކެރެކްޓާއަށް ބިނާކޮށް އުފެއްދި ސައިކޮލޮޖިކަލް ތުރިލާ ފިލްމުގެ ދެވަނަ ބައި "ޖޯކާ 2″ ގެ ފުރަތަމަ ލުކް ދައްކާލައިފިއެވެ.
"ޖޯކާ 2: ފޮލީ އަ ޑޫ" ގެ ނަން ދީފައިވާ މި ފިލްމުގެ ފަސްޓު ލުކް ދައްކާލާފައި ވަނީ މި ފިލްމުގެ ޑައިރެކްޓަރު ޓޮޑް ފިލިޕްސް އޭނާގެ ސޯޝަން މީޑިއާގައެވެ. މި ފިލްމުގައި ޓައިޓްލް ރޯލު ނުވަތަ ޖޯކާގެ ރޯލުން ވާކީން ފީނިކްސް ފެންނައިރު، މީގެ ރޯލަކަށް ލަވަކިޔުންތެރިޔާ ލޭޑީ ގާގާވެސް ވަނީ ހަމަޖައްސާފައެވެ. ގާގާ ފެންނާނީ ޖޯކާގެ ލޯބިވެރިޔާ ހާލީ ކުއިންގެ ރޯލުންނެވެ.
2019 ވަނަ އަހަރު ރިލީޒްކުރި އޮރިޖިނަލް ފިލްމު "ޖޯކާ" ކުޅެގެން ވާކީން އަށް ލިބުނީ 4.5 މިލިއަން އެމެރިކާ ޑޮލަރުގެ މުސާރައެކެވެ. މީގެ ރޯލަކަށް ލަވަކިޔުންތެރިޔާ ލޭޑީ ގާގާވެސް ވަނީ ހަމަޖައްސާފައެވެ. ގާގާ މި ފިލްމަށް ސޮއިކުރުމާއިއެކު، އެންމެ ގަދަޔަށް ދެކެވުނު ވާހަކަ އަކީ ގާގާގެ މުސާރައިގެ ވާހަކައެވެ.
ރިޕޯޓުތައް ބުނާގޮތުގައި މި ފިލްމު ގާގާ ކުޅެދެނީ 10 މިލިއަން އެމެރިކާ ޑޮލަރަށެވެ. ގާގާގެ އިތުރުން ވާކީން އަށާއި ފިލްމުގެ ޑައިރެކްޓަރު ޓޮޑް އަށްވެސް 20 މިލިއަން އެމެރިކާ ޑޮލަރުގެ މުސާރައެއް ލިބޭނެއެވެ."ޖޯކާ" އަކީ ބޮކްސް އޮފީހުގައި 107 ބިލިއަން އެމެރިކާ ޑޮލަރު ހޯދި ކާމިޔާބު ފިލްމެކެވެ.
ކޮމެންޓު ފޮނުވާ