އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މައްސަލާގައި، ކުރީގެ ފޮރިން މިނިސްޓަރ ދުންޔާ މައުމޫން އޭސީސީއަށް ހާޒިރުކޮށްފިއެވެ.
ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ފޮރިން މިނިސްޓަރުކަމުގައި ހުންނެވި ދުންޔާއަށް ތުހުމަތުކުރަނީ އެމްއެމްޕިއާރުސީގެ ޚިޔާނާތުގައި ބައިވެރިވިކަމުގެ ތުހުމަތެވެ. އެގޮތުން އެސެޓުރިކަވަރީ ކޮމިޝަނުން މަޖިލީހާ ހިއްސާކުރި މައުލޫމާތުގައި ވާގޮތުން ދުންޔާއަށް އެމްއެމްޕީއާރުސީގެ 200،000 ރުފިޔާ ލިބިފައިވެއެވެ.
ދުންޔާ އޭސީސީއަށް ޙާޒިރުކުރީ މިއަދު ހެނދުނު 11 ޖެހިއިރެވެ. ދުންޔާ ވިދާޅުވީ ދައުލަތުގެ އެންމެ ފައިސާ ފޮއްޗެއްގައިވެސް އޭނާ ޖެހިފައިނުވާނެކަމަށެވެ.
Political persecution, lies & harassment! I have never stolen even 1 rufiya from the Government & the people of Maldive. Dragged to ACC! Will fight for truth and justice always, Insha Allah, pic.twitter.com/idYFreRTkH
— Dunya Maumoon (@dunyamaumoon) December 14, 2022
އެމް.އެމް.ޕީ.އާރު.ސީ މެދުވެރިކޮށް ހިންގާފައިވާ ވައްކަމާއި ޚިޔާނާތުގެ މައްސަލައިގައި ބައިވެރިވިކަމަށް ނުވަތަ މަންފާ ލިބުނުކަމަށް ތުހުމަތުކުރެވޭ 281 މީހެއްގެ ނަން މަޖިލީހުން އާންމުކުރި ލިސްޓުގައި ހިމެނެއެވެ. އޭގެ ތެރޭގައި ދަޢުލަތުގެ އެކިއެކި މަޤާމުގައި ތިބި 119 މީހަކު ހިމެނެއެވެ. މީގެ ތެރޭގައި މިހާރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން 16 މެންބަރަކުވެސް ހިމެނެއެވެ.
އެމްއެމްޕީއާރުސީގެ ކިޔާނާތް 3.4 ބިލިއަން ރުފިޔާއަށް އަރައިކަމަށް ރިޔާސީ ކޮމިޝަނުން ހިންގި ތަހުގީގުން އެނގެއެވެ.
ކޮމެންޓު ފޮނުވާ