ބުރާސްފަތި ދުވަހު ހޯރަފުށްޓަށް ޝެޑިއުލް ދަތުރުތައް ފަށަނީ

ބުރާސްފަތި ދުވަހު ހޯރަފުށްޓަށް ޝެޑިއުލް ދަތުރުތައް ފަށަނީ

Author
ޢަލީ އާދަމް
23 ނޮވެމްބަރ 2020 09:03
0

ހޯރަފުށްޓާއި މާލެ އާ ދެމެދު އަންނަ ބުރާސްފަތި ދުވަހު ޝެޑިއުލް ދަތުރުތަށް ފަށާނެ ކަމަށް ގައުމީ އެއަރލައިނުން ހާމަކޮށްފިއެވެ.

މިކަމާއި ގުޅޭ ގޮތުން ގައުމީ އެއަރލައިން މޯލްޑިވިއަނުން ބުނީ ޝެޑިއުލް ދަތުރުތަށް 26 ވަނަ ދުވަހު ފެށުމަށްފަހު ފަހު ޑިސެމްބަރު މަހުން ފެށިގެން ހަފްތާއަކު 3 ފްލައިޓު ބާއްވާނެ ކަމަށެވެ. ނަމަވެސް އެއީ ހަފްތާގެ ކޮން ދުވަސް ތަކެއް ގައި ކަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ. މޯލްޑިވިއަނުން ބުނީ ދުވަސްތައް ކަނޑައަޅާނީ ޑިމާންޑް އޮންނަ ގޮތެއް ބެލުމަށް ފަހު ކަމަށެވެ.

ރާއްޖޭގަ އެންމެ އުތުރުގައި ތަރައްގީކޮށްފައި ވާ މި އެއަރ ޕޯޓަށްވެސް ގާތްގަނޑަކަށް އުތުރުގެ އަނެއް ދެ އެއަރޕޯޓް ކަމަށްވާ، ކުޅުދުއްފުށްޓާއި، ހަނިމާދޫ އަށް ދެވޭ އަގާއި އެއްވަރު އަގެއްގައި ދެވޭނެ ކަމަށް މޯލްޑިވިއަން ބުނެއެވެ.

ހޯރަފުށީ ފަޅުގައި ހިއްކި ސަރަހައްދުގައި 198 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ތަރައްގީކުރި މި އެއާޕޯޓު، މިދިޔަ ބުރާސްފަތި ދުވަހު ރަސްމީކޮށް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހެވެ.

ހޯރަފުށީ އެއާރޕޯޓަށް ޓެސްޓް ފްލައިޓް ޖެއްސުން – ފޮޓޯ: މޯލްޑިވިއަން

ހޯރަފުށީ ގެ ދަތުރުތަށް ފެށުމުން ގައުމީ އެއަރލައިނުން ޑޮމެސްޓިކް ދަތުރު ކުރާ އެއަރޕޯޓުގެ އަދަދު 16 އަށް އަރާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.