ޝިޔާމްގެ ސުވާލެއް: ބަޖެޓުގެ %30 ހޭދަކޮށްގެން ރައްޔިތުންނަށް ޙައްޤުވަނީ "ބަޅު" ކެރޭނެއްތޯ؟

ޝިޔާމްގެ ސުވާލެއް: ބަޖެޓުގެ %30 ހޭދަކޮށްގެން ރައްޔިތުންނަށް ޙައްޤުވަނީ "ބަޅު" ކެރޭނެއްތޯ؟

Author
މުޙައްމަދު ޝަޒައިމް
13 ޑިސެމްބަރ 2022 10:27
0

ދައުލަތުގެ ބަޖެޓުގެ ބޮޑު ހޭދައެއްކޮށްގެން އަޅަމުންދާ ބްރިޖުން ރައްޔިތުންނަށް ހައްގުވަނީ "ބަޅު" ކެރޭނެއްތޯ ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ސުވާލު ކުރައްވައިފިއެވެ.

ޝިޔާމް މިގޮތަށް ސުވާލު އުފެއްދީ ތިލަމާލޭ ބްރިޖް މަޝްރޫޢު ކުރިއަށް ގެންދާ އިންޑިއާގެ ކުންފުނިން މަސައްކަތް ކުރަމުންދާގޮތާއިމެދު ގިނަބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ. ބްރިޖުގެ ތަނބުތައް ޖެހުމަށް މަސައްކަތް ކުރާ ގޮތާއި، އަދި ތަނބު ޖެހުމަށް މަސައްކަތް ކުރިއިރު، ކެރޭނެއް ކަޑައިގެން ވެއްޓުނު މަންޒަރަކީ ގިނަބައެއްގެ ފާޑުކިޔުން އަމާޒުވި ކަމެކެވެ.

ޝިޔާމް ވިދާޅުވީ މިއަހަރަށް ލަފާކޮށް ދައުލަތުން ފާސްކުރި ބަޖެޓަކީ 39 މިލިޔަން ރުފިޔާއަށްވާއިރު، ބަޖެޓުން މިބްރިޖު އެޅުމަށް 12 ބިލިޔަން ރުފިޔާ ޚާއްސަކުރިކަމަށެވެ. މިއީ ބަޖެޓުގެ 30 އިންސައްތަ ކަމަށްވާއިރު ބަޖެޓު އެޅުމަށް ކުރަމުންދާ މަސައްކަތާއި ފެންނަމުންދާ މަންޒަރަށް ބަލާއިރު ރައްޔިތުންގެ ހިތުގައި މިމަސައްކަތާއިމެދި އިންތިހާއަށް ސުވާލު އުފެދޭކަމަށް ޝިޔާމް ވިދާޅުވިއެވެ.

2022 އަހަރަށް ފުރަތަމަ ފާސްކުރި ބަޖެޓަކީ 39 ބިލިޔަންރުފިޔާ. ތިލަމާލެ ބުރިޖު އަޅަން ލޯން އިންޓަރެސްޓާއެކު 12 ބިލިޔަން ރުފިޔާ. މިއީ ބަޖެޓުގެ %30. ރައްޔިތުންގެ ފައިސާ އިން މިހާބޮޑު ހޭދައެއްކޮށްގެން ރައްޔިތުންނަށް ޙައްޤުވަނީ "ބަޅު" ކެރޭނެއްތޯ؟ މިއީ ރޯމާދުވާލުކުރާ ބޮޑުވައްކަމެއް.

– ޝިޔާމް ވިދާޅުވިއެވެ.

ބްރިޖްގެ މަސައްކަތް ކުރިއަށްގެންދަނީ އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާރ ލިމިޓެޑުންނެވެ. ޕްލޭނިންގ މިނިސްޓްރީން ވިދާޅުވީ، އެއްބަސްވުމުގައިވާ ޓައިމްލައިނާ އެއްގޮތަށް މަސައްކަތްތައް ކުރިއަށްދާކަމަށެވެ. ބްރިޖުގެ ފުރަތަމަ ބައިގައި ހިމެނޭ މާލެއިން ގުޅީފަޅާ ހަމައަށް ގުޅާލުމުގެ ހުރިހާ މަސައްކަތެއް 2023 ވަނަ އަހަރުގެ ޑިސެމްބަރަށް ނިންމާނެއެވެ. މާލެއިން ވިލިމާލެއަށް ބްރިޖްގެ މަސައްކަތް އަންނަ އަހަރުގެ ޖުލައި މަހަށް ނިންމުމަށް ވަނީ އެއްބަސްވުމުގައި ހިމަނާފައެވެ.

ތިލަމާލެ ބްރިޖްގެ ދިގުމިނަކީ 6.7 ކިލޯ މީޓަރެވެ. މި މަޝްރޫޢުގައި ހިމެނެނީ ބްރިޖް އަދި ލިންކް ރޯޑްތަކެކެވެ. މުޅި މި މަޝްރޫޢުއަށް 500 މިލިއަން ޑޮލަރު ހޭދަވާނެއެވެ. އެއީ 7 ބިލިއަނަށްވުރެ ގިނަ ރުފިޔާއެވެ. މި މަޝްރޫޢު ކުރިއަށް ގެންދަނީ އިންޑިއާ ސަރުކާރުން ދޭ 100 މިލިއަން ޑޮލަރުގެ ގްރާންޓާއި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ އިތުރުން ދަޢުލަތުގެ ބަޖެޓުންނެވެ. ތިލަމާލެ ބްރިޖްގެ މުޅި މަޝްރޫޢު ނިމޭނެކަމަށް ސަރުކާރުން ހާމަކޮށްފައިވަނީ 2024 ވަނަ އަހަރުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އަދުރޭ
ބަޅުރުކެއް ހައްގުވަނީ ދެއްތޯ