ކިތަންމެ ބޮޑު ތުހުމަތެއްކުރެވޭ މީހަކުވެސް އެކަހެރިކޮށް ބަންދުކޮށްފައި ހުންނަވާނީ އޭނާގެ ފުރާނައަށް ނުރައްކަލެއް ކުރިމަތިނުވާނެގޮތަށްކަމަށް ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޒް މުހުސިން ވިދާޅުވެއްޖެއެވެ. މުހުތާޒް މިހެން ވިދާޅުވީ، ދ. ނޮޅިވަރަމްގައި އަނބިމީހާ މަރާލި ކަމުގެ ތުހުމަތު ކުރެވޭ އަބޫބަކުރު ފައިސަލް ބަންދުކޮށްފައި ހުރި ފުލުހުންގެ ގޮޅީގައި އަމިއްލައަށް ދަންޖެހިގެން މަރުވާން މަސައްކަތްކުރުމުންނެވެ.
މުހުތާޒް ވިދާޅުވީ، އެމީހަކީ ކިތަންމެބޮޑު ތުހުމަތެއް ކުރެވޭ މީހަކަށް ވިއަސް އެކަހެރިކޮށް ބަންދުކުރެވިފައިވާނަމަ އޭނާ ބަންދުކުރެވިފައިވާ ގޮޅި ނުވަތަ ތަނަކީ އަމިއްލައަށް ފުރާނަ ނުރައްކަލުގެ ތެރެއަށް ދޫކުރެވޭ ގޮތަށް ހުންނަތަނަކަށް ވެގެންނުވާނެކަމަށެވެ.
އެމީހަކީ ކިތަންމެބޮޑު ތުހުމަތެއް ކުރެވޭ މީހަކަށް ވިއަސް އެކަހެރިކޮށް ބަންދުކުރެވިފައިވާނަމަ އޭނާ ބަންދުކުރެވިފައިވާ ގޮޅި ނުވަތަ ތަނަކީ އަމިއްލައަށް ފުރާނަ ނުރައްކަލުގެ ތެރެއަށް ދޫކުރެވޭ ގޮތަށް ހުންނަތަނަކަށް ވެގެންނުވާނެ. @HomeMinistrymv @hrcmv
— Muhuthaz Muhusin🇲🇻🇵🇸 (@Muhuthaz) December 13, 2022
ފުލުހުންގެ ބެލުމުގެ ދަށުގައި އޭނާ ބަހައްޓާފައި ހުރި ތަނުގައި ދަންޖެހިގެން މަރުވާން އުޅެނިކޮށް ފެނިގެން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަން ފުލުހުން ކަށަވަރުކޮށްދެއެވެ. ފުލުހުން ބުނީ ފައިސަލް ދަންޖެހެން މަސައްކަތް ކުރަނިކޮށް ފެނުނީ ރޭ 23:15 ހާއިރު ކަމަށެވެ.
އަންހެނުން، ނިޝާމާ މުހައްމަދުގެ މަރަށް ފަހު އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ދިޔައީ އަމިއްލައަށެވެ. ނިޝާމާ މަރުވެފައި އޮއްވައި ފެނުނުއިރު ޝައްކުވާ ފަދަ ޒަހަމްތަކެއް އޭނާގެ ކަރުގައި ހުރި ކަމަށް ވެ އެވެ. އެނގިފައިވާ ގޮތުގައި ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނަށް ފައިސަލް ދިޔައީ "ވިކްޓިމް"އަކަށް ހެދިގެންނެވެ.
ފުލުހުންގެ އޮފިޝަލް ވިދާޅުވި ގޮތުގައި މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން, އެޗްއާރްސީއެމް އައި އެންއައިސީއަށް ހުށަހަޅައިގެން ދަނީ ބަލަމުންނެވެ. ނޮޅިވަރަމް, ހިތަށްފިނިވާގޭ ނިޝާމާ މުހައްމަދު 28އ، މަރުވެފައި އޮތްވާ ފެނިފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އެކަން ހިނގާފައިވަނިކޮށް ކައިރީގައި އޮތް ކުޅުދުއްފުއްޓަށް ގޮސް, ފުލުހާ އަމިއްލައަށް ފައިސަލް ހަވާލުވީއެވެ.
ގެވެށި އަނިޔާކޮށް ނިޝާމާ މަރާލީ ކަމުގެ ފައިސަލްގެ މައްޗަށް ކުރެވޭއިރު މަސްތުވާތަކެތީގެ ތުހުމަތުތައް ވެސް އޭނާގެ މައްޗަށް ކުރެވެއެވެ. އދ. ފެންފުއްޓަށް އުފަން ފައިސަލް އަދި ނިޝާމާގެ ހަތް އަހަރުން ދަށުގެ ތިން ދަރިން ތިބެއެވެ. ނިޝާމާގެ ހަށިގަނޑު މިހާރު މާލެ ގެނެސްފައިވާއިރު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. މަރުގެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު, މިހާތަނަށް މާބޮޑު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ