ޑިސެމްބަރު 11ގައި އެމެރިކާގައި ކޯވިޑް ވެކްސިން ދޭން ފަށަނީ

ޑިސެމްބަރު 11ގައި އެމެރިކާގައި ކޯވިޑް ވެކްސިން ދޭން ފަށަނީ

Author
ހުސެއިން
23 ނޮވެމްބަރ 2020 06:27
0

އެމެރިކާގައި ކޯވިޑް19 ވެކެސިންގެ ފުރަތަމަ ޑޯޒް، އަންނަ ޑިސެމްބަރު މަހުގެ މެދުތެރޭގައި ދޭން ފަށާނެ ކަމަށް އެގައުމުގެ ސަރުކާރުގެ ފަރާތުން ކޯވިޑް19 ވެކްސިމް ދިނުމުގެ ޕްރޮގްރާމް ހިންގުމަށް އައްޔަން ކޮށްފައިވާ އިސް ފަރާތުން ހާމަކޮށްފިއެވެ.

ޑރ. މޮންސެފް ސްލޯއީ މިގޮތަށް ވިދާޅުވެފައިވަނީ، ފިޒާއާއި އެކުންފުނީގެ ޕާޓްނާ ކުންފުނި ބައޯއެންޓެކްއިން، މިދެކުންފުނިން އުފެއްދި ވެކްސިން އެމްޖެންސީ ހުއްދައަށް އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ)އަށް ހުށަހެޅިތާ ދެދުވަސް ފަހުން ސީ.އެން.އެން.އަށް ދިން އިންޓަވިއު އެއްގައެވެ.

ފިޒާއިން އުފައްދާފައިވާ މިވެކްސިންގެ އެންމެ ފަހުގެ ތަހުލީލުތަކުން ދައްކާގޮތުގައި، މި ވެކްސިން ޖަހާ، އުމުރުން 65 އަހަރުން މަތީގެ %94 މީހުން މިވެކްސިންގެ ސަބަބުން ބަލިން ރައްކާތެރި ކޮށްދެއެވެ. މިއީ އެފްޑީއޭއިން އެމަޖެންސީ ހުއްދަ ދިނުމަށް ބޭނުންވާ މިންގަޑަށްވުރެ މަތީގެ އިންސައްތައެއްގެ ނަތީޖާއެކެވެ.

މިވެކްސިންގެ އަސްލު ހަގީގަތް ދެނެގަތުމަށްޓަކާ ދުނިޔޭގެ އެކި ގައުމުތަކުން 41،000 މީހުންނަށް މިވެކްސިން ދެވިފައި ވެއެވެ. މީގެތެއިން ދެބައިކޮށްފަ އެއްބައި މީހުންނަށް އަސްލު ވެކްސިން ދީފައިވާއިރު، އަނެއްބައި މީހުންނަށް އަޖުމަބެލުމުގެ ގޮތުން ދީފައި ވަނީ މީގެ އަސްނޫން ވެކްސިނެކެވެ.

އެފްޑީއޭގެ ވެކްސިން އެޑްވައިޒްރުން ވިދާޅުވާގޮތުގައި، އެމެރިކާގެ ވެކްސިން އުފައްދާފައިވާ 2 ކުންފުނި ކަމުގައިވާ ފިޒާއާއި އަދި މޮޑާނާގެ އޮފިޝަލުންނާއި އެފްޑީއޭގެ އޮފިޝަލުން އަންނަ ޑިސެމްބަރުމަހުގެ 8 އިން 10 އަށް މި ވެކްސިންތަކަށް ހުއްދަ ދިނުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބައްދަލު ކުރާނެއެވެ.

"އަހަރުމެންގެ އަމާޒަކީ، ބޭނުންކުރުމުގެ ހުއްދަ ލިބޭތާ 24 ގަޑިއިރު ތެރޭގައި، ވެކްސިން ދިނުމަށް ޚާއްސަ ކުރެވިފައިވާ ސައިޓްތަކަށް ވެކްސިން ފޯރުކޮށްދޭން ފެށުން" ވެކްސިން އުފައްދަން ފެށުމާއެކު ވެކްސިން ފޯރުކޮށްދިނުމަށް އެމެރިކާގެ ފެޑެރަލް ސަރުކާރުން އެކުލާވާލާފައިވާ ޕްރޮގްރާމް ކަމުގައިވާ "އޮޕަރޭޝަން ރެޕް"ގެ ވެރިއާ ސްލޯއީ ވިދާޅުވެފައި ވެއެވެ.

'އެހެން ވީމާ، އަހަރެން އުއްމީދު ކުރަނީ، ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ލިބޭތާ އެއްދުވަސް ނުވަތަ ދެދުވަސް ތެރޭގައި ވެކްސިން ދޭން ފެށޭނެކަމަށް. އެއީ ޑިސެމްބަރ 11 ނުވަތަ 12″ އޭނާ ވިދާޅުވިއެވެ.

ޖޯން ހޮޕްކިންސް ޔުނިވާސިޓީގެ ހިސާބުތައް ދައްކާގޮތުން އެމެރިކާގައި މިހާރުވަނީ 12 މިލިއަން މީހުންނަށް މިބަލި ޖެހިފައެވެ. އެމެރިކާގައި މިހާރު ފިނިމޫސުން ފެށިފައިވާއިރު، ހުކުރު ދުވަހު ވަނީ އަނެއްކާވެސް ރެކޯޑް އަދަދަކަށް މީހުން ޕޮޒިޓިވެ ވެފައެވެ. އެދުވަހު އެކަނިވެސް 198،000 މީހުންވަނީ ކޯވިޑް19 އަށް ޕޮޒިޓިވް ވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.