ކުރީގެ ފިލްމީ ތަރި އަދި 1984ގެ މިސް އިންޑިޔާ ޖޫހީ ޗާވްލާ އަކީ ނުވަދިހައިގެ އަހަރުތަކުގައި މަޝްހޫރު، އަދި އެހާމެ މަގުބޫލް ތަރިއެކެވެ. ޖޫހީގެ މަޝްހޫރު ފިލްމް ތަކުގެ ތެރޭގައި "ހަމް ހޭ ރަހީ ޕިޔާރު ކޭ" އަދި "ޑަރް" ފަދަ ފިލްމުތައް ހިމެނެއެވެ.
އޭނާގެ ފިލްމީ ހަޔާތުގެ އެންމެ ޗާލާކީ ދުވަސްވަރު ހިޓް ދެ ފިލްމަކަށް ނޫނެކޭ ބުނެފައިވެއެވެ. އެގޮތުން ޖޫހީ ދޫކޮށްލި ދެ ފިލްމަކީ ޝާހްރުކް ޚާންގެ "ދިލް ތޯ ޕާގަލް ހޭ" އާއި އާމިރް ޚާންގެ "ރާޖާ ހިންދުސްތާނީ" އެވެ. ޖޫހި އެ ދެ ފިމްލަށް ނޫނެކޭ ބުނުމުން ދެން 2 ފިލްމުގެ ވެސް ޖޫހީއަށް ހުށަހެޅި ރޯލަށް ކާސްޓް ކޮށްފައިވަނީ ކަރިޝްމާ ކަޕޫރްއެވެ.

މި ފަހުން އީޓައިމްސް އަށް ދިން އިންޓަވިއުއެއްގައި ޖޫހީ، ޔަޝް ޗޯޕްރާގެ ފިލްމެއް ދޫކޮށްލިންތޯ އެހުމުން ބުނެފައިވަނީ އެމީހުން އެތައްފަހަރަކު ފިލްމު ކުޅުވަން ބޭނުންވެގެން އޭނާ ކައިރިއަށް އައި ކަމަށެވެ. ނަމަވެސް ހަމަ ކޮންމެ ފަހަރަކުވެސް ނޫނެކޭ ބުނަނީ ކަމަށެވެ. ނަމަވެސް ފަހުން އެއީ ވަރަށް މޮޔަ ވިސްނުމެއް ކަން ގަބޫލުކުރެވުނު ކަމަށް ޖޫހީ ބުންޏެވެ. އަދި ކެރިއަރ އަޑިއަޅާލި ވަގުތު އެކަކުވެސް އޭނާގެ ކައިރީ ނެތް ކަމަށާއި އަދި އެ ދުވަސްކޮޅު މަންމަ ވަކިވެގެން ދިއުމާއި އެކު ވަރަށް އުނދަގޫވީ ކަމަށެވެ.
1995 ގައި ޖޫހީ ވަނީ ވިޔަފާރި ވެރިޔާ ޖޭ މެހެތާ އާއި ކައިވެނި ކޮށްފަ އެވެ. މި ކައިވެނިން ޖޫހީ އަށް ވަނީ ދެކުދިން ލިބިފައިއެވެ. ކުރިއާއި ހިލާފަށް މިހާރު ޖޫހީ ސްކްރީން އިން ފެންނަމުން ދަނީ މަދު މަދުންނެވެ. އޭނާ އެންމެ ފަހުން ފެނިގެން ދިޔައީ މިދިޔަ އަހަރު ސްކްރީނަށް އައި ފިލްމު "އެކް ލަޅްކީކޮ ދޭކާތޮ އޭސާ ލަގާ" އިންނެވެ.
ކޮމެންޓު ފޮނުވާ