2019 ވަނަ އަހަރު ތެރޭގައި އަންހެނަކު ރޭޕްކޮށް ބިރުދެއްކި، ށ. މިލަންދޫ ފިރިހެނަކު 20 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
އޭނާ އެ ދެ ދައުވާއަށް އިންކާރު ކުރިޔަސް، ކްރިމިނަލް ކޯޓުން ހުކުމްކުރީ ކުށް ސާބިތުވާ ކަމަށެވެ. ބްލެކްމެއިލްކުރި މައްސަލާގައި އިއްވީ ފަސް އަހަރުގެ ޖަލު ހުކުމެކެވެ. އަދި ރޭޕްކުރުމުގެ ކުށުގައި އިއްވީ 15 އަހަރުގެ ޖަލު ހުކުމެކެވެ.
ނަމަވެސް އޭނާ މި މައްސަލައިގެ ތަހުގީގު މަރުހަލާއާއި ޝަރީއަތުގެ މަރުހަލާގައި ބަންދުގައި ހޭދަކުރި ތިން އަހަރާއި ދެ މަހާއި ހަ ދުވަސް އޭނާގެ މައްޗަށް ކަނޑައެޅުނު ޖަލު އަދަބުން އުނިކުރުމުން، ތަންފީޒުކުރަންޖެހޭ އަދަބަކީ 11 އަހަރާއި ނުވަ މަހާއި 24 ދުވަސް ކަމަށް ކަނޑައަޅަފައި ވަނީ ހުކުމްކޮށްފައެވެ.
އޭގެ އިތުރުން އޭނާގެ މައްޗަށް ވަނީ ބިރުދެއްކުމުގެ ދައުވާވެސް ކޮށްފައެވެ. އެ ދައުވާއަށްވެސް އޭނާ އިންކާރު ކުރި ނަމަވެސް ދައުލަތުން ހުށަހެޅި ހެކިތަަކަށް ބިނާކޮށް އޭނާގެ މައްޗަށް މައްސަލަ ސާބިތުވާ ކަމަށް ކަނޑައަޅައި، އޭނާ ފަސް އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައި ވެއެވެ.
އެކަމަކު އޭނާ މި މައްސަލައިގެ ތަހުގީގު މަރުހަލާއާއި ޝަރީއަތުގެ މަރުހަލާގައި ބަންދުގައި ހޭދަކުރި ތިން އަހަރާއި ދެ މަހާއި ހަ ދުވަސް އޭނާގެ މައްޗަށް ކަނޑައެޅުނު ޖަލު އަދަބުން އުނިކުރުމުން، ތަންފީޒުކުރަންޖެހޭ އަދަބަކީ 1 އަހަރާއި ނުވަ މަހާއި 24 ދުވަސް ކަމަށް ކަނޑައަޅަފައި ވަނީ ހުކުމްކޮށްފައެވެ. އެހެންކަމުން އޭނާ ޖުމްލަ ދެން ޖަލުގައި ހޭދަ ކުރަން ޖެހޭނީ 17 އަހަރާއި، ހަ މަހާއި 48 ދުވަހެވެ.
ކޮމެންޓު ފޮނުވާ