ހއ. ދިއްދޫ މަގުހެދުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
އެ މަސައްކަތް ފެށުމާއި ގުޅޭގޮތުން އާރުޑީސީން ބުނީ މި ވަގުތު ކުރިއަށްދަނީ، އެރަށު ޣާޒީމަގުގައި ކޭބަލް ޖަންކްޝަން އެޅުމާއި ހޮޅި ވަޅުލުމުގެ މަސައްކަތްކަމަށެވެ.
ހއ. ދިއްދޫ މަގުހެދުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް މިހާރު ވަނީ ފެށިފައި. އެގޮތުން މި ވަގުތު ކުރިއަށްދަނީ، އެރަށު ޣާޒީމަގުގައި ކޭބަލް ޖަންކްޝަން އެޅުމާއި ހޮޅި ވަޅުލުމުގެ މަސައްކަތް. #TeamRDC pic.twitter.com/2LZ0oMFbQr
— Road Development Corporation Ltd (@rdcmaldives) December 8, 2022
ދިއްދޫ މަގުތަކުގައި ތާރުއެޅުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ އެއްބަސްވުމުގައި ސޮއިކުރީ މިއަހަރުގެ އޭޕްރީލް މަހުއެވެ. ޑިޒައިން އެންޑް ބިލްޑް އުސޫލުން ހއ.ދިއްދޫގައި ކުރިއަށް ގެންދިޔުމަށް، ރޯޑް ޑިވެލޮޕްމަންޓް ކޯަރޭޝަނާ ޙަވާލުކުރި މި މަޝްރޫޢުގައި ޖުމްލަ 5.4 ކިލޯމޓަރުގެ މަގުގައި ތާރުއެޅުމަށް ހަމަޖެހިފައިވެއެވެ. މި މަޝްރޫޢުގެ މަސައްކަތް 540 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ.
108.5 މިލިއަން ރުފިޔާ މި މަޝްރޫޢުއަށް ހޭދަކުރެއެވެ.
މީގެ ކުރިން ދިއްދޫ މަގުހެދުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެދަށުން 14 މަގެއްގައި ތާރުއަޅާ ޒަމާނީ ފެންވަރަށް ވަނީ ތަރައްގީކޮށްފައެވެ.