"ހުޅުމާލެ ލިންކް ރޯޑުގެ ސޯލާ މަޝްރޫޢާއެކު އަހަރަކު 20 މިލިއަން ރުފިޔާ ސަލާމަތްވާނެ"

"ހުޅުމާލެ ލިންކް ރޯޑުގެ ސޯލާ މަޝްރޫޢާއެކު އަހަރަކު 20 މިލިއަން ރުފިޔާ ސަލާމަތްވާނެ"

Author
ޢަލީ އާދަމް
08 ޑިސެމްބަރ 2022 10:02
0

ހުޅުމާލެ ލިންކް ރޯޑުގެ ސޯލާ މަޝްރޫޢާއެކު އަހަރަކު 20 މިލިއަން ރުފިޔާ ސަލާމަތްވާނެކަމަށް އެންވަރަންމަންޓް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ހުޅުމާލެ ލިންކް ރޯޑުގައި ގާއިމްކުރާ 5 މެގަވޮޓްގެ ސޯލާ ޕީވީ އިންސްޓޯލްމަންޓަކީ ރާއްޖޭގައި އެއް ގްރިޑެއްގައި މިހާރު ކުރިއަށްދާ އެންމެ ބޮޑު ސޯލާ ޕީވީ އިންސްޓޯލްމަންޓުކަމަށް އެންވަރަރަންމަންޓް މިނިސްޓްރީން ވިދާޅުވެއެވެ.

މިއީ ތައިލެންޑްގެ އެންސިސް ކޯ ލިމިޓެޑާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މިއީ ދެމެހެއްޓެނިވި ގޮތެއްގައި އިއާދަކުރަނިވި ހަކަތައިގެ ނިޒާމު ކުރިއަރުވަން އަމިއްލަ ފަރާތްތަކުން ކުރިއަށްގެންދާ އިންވެސްޓްމަންޓްތައް ހަލުވިކުރުމަށް ވޯލްޑްބޭންކުން އެހީވުމަށް ހިންގާ މަޝްރޫޢު – އެސްޕަޔަރގެ އެހީގައި ގިންގާ މަޝްރޫޢެކެވެ.

5 މެގަވޮޓްގެ ސޯލާ ޕީވީ އިންސްޓޯލްމަންޓުން އަހަރަކު ގާތްގަނޑަކަށް 7.3 މިލިއަން ސޯލާ ޔުނިޓް އުފެއްދޭނެއެވެ. މިއީ 2 މިލިޔަން ލީޓަރުގެ ޑީސަލާ އެއްވަރުގެ ޢަދަދެކެވެ. މިއާއެކު ސަރުކާރުން ތެލަށް ކުރާ ޚަރަދުތަކުން އަހަރަކު 15 މިލިޔަނާއި 20 މިލިޔަނާ ދެމެދުގެ ޢަދަދަކަށް ރުފިޔާ ސަލާމަތްވާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޢ ޢަހްމަދު
ތި ފީ އިލޮށި ގެއެއް، ޤައުމީ ޒުވާނަކު ހިނދު ކޮޅުގަ ހުރެގެން ގޮސް ...ދެންވާނެ ގޮތް ބަލަން މިތިބީ