މާޅޮހުގެ ތަރައްޤީއާ ގުޅޭގޮތުން ޑިފެންސް މިނިސްޓަރާ މަޝްވަރާކޮށްފި

މާޅޮހުގެ ތަރައްޤީއާ ގުޅޭގޮތުން ޑިފެންސް މިނިސްޓަރާ މަޝްވަރާކޮށްފި

Author
ޢަލީ އާދަމް
06 ޑިސެމްބަރ 2022 04:41
0

ބ.މާޅޮހުގެ ތަރައްޤީއަށް ކުރިއަށް ގެންދާ މަސައްކަތްތަކާ ބެހޭގޮތުން އެރަށު ކައުންސިލް މެންބަރުން ޑިފެންސް މިނިސްޓަރ އަލްއުސްތާޒާ މާރިޔާ އަޙްމަދު ދީދީއާ ބައްދަލުކޮށްފިއެވެ. 

ޑިފެންސް މިނިސްޓްރީން ވަނީ މިކަން ހާމަކުރައްވައި ޓްވީޓެއް ކުރައްވާފައެވެ. އެޓްވީޓުގައިވަނީ، މިބައްދަލުވުމުގައި ރަށުގެ ކުރިއެރުމާއި ތަރައްޤީއާ ބެހޭގޮތުން މަޝްވަރާކުރެއްވިކަމަށެވެ. އަދި ޑިފެންސް މިނިސްޓްރީގެ ފަރާތުން ކޮށްދެވެންހުރި ކަންކަމާ ގުޅޭ ގޮތުން ވެސް މަޝްވަރާކުރެއްވިކަމަށް އެޓްވީޓުގައިވެއެވެ. 

މާޅޮހުގެ ތަރައްޤީގެ މަސައްކަތުގައި ޑިފެންސް މިނިސްޓްރީން ކުރައްވާނެ ކަމެއްގެ ތަފްސީލެއް އެމިނިސްޓްރީން ހާމައެއް ނުކުރައްވައެވެ. އަދި މާޅޮހު ކައުންސިލުން އެދުނީ ކޮންކަމެއް

ޑިފެންސް މިނިސްޓްރީގެ މައިގަނޑު ވިޗަންގެތެރޭގައި ހިމެނެނީ ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް، ޤާނޫނު އަސާސީއާއި ޤާނޫނުތައް ޙިމާޔަތްކުރުމާއި، ޤާނޫނީ ވެރިކަން ދެމެހެއްޓުމާއި، ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމުގެ މަސައްކަތްކުރުމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.