ޤަތަރްގައި މިހާރު ކުރިއަށްގެންދާ ފީފާ ވޯލްޑް ކަޕް ފޭން ފެސްޓްގައި ބޮލީވުޑްގެ "އައިޓަމް ގާލް" ނޯރާ ފަތޭހީ އިންޑިއާ ދިދަ އިދިކޮޅަށް ހިފައިގެން ހުރުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒު ވެއްޖެއެވެ.
ވޯލްޑަކަޕަށް މިއަހަރު ހެދި ތީމް ލަވައިންވެސް ފުރުސަތު ލިބިގެންދިއަ ނޯރާ ވަނީ ފީފާ ވޯލްޑް ކަޕް ފޭން ފެސްޓްގައި މަޝްހޫރު ރެޕް އާޓިސްޓް ނިކީ މިނާޖް އާއި ގުޅިގެން ރަސްމީ ފުޓްބޯޅަ ލަވަ 'ލައިޓް ދަ ސްކައި' ހުށައައަޅައިދީފައެވެ.
މި ހުށައެޅުން ކުރިއަށް ދިއަ އިރުގައި ނޯރާ ބެލުންތެރިންގެ ކިބައިން އިންޑިއާގެ ދިދައެއް ހޯދުމަށް އެދުނެވެ. އެއަށްފަހު ޝޯގެ ބާކީ އޮތް ބައިގައި ދިދަ ހިފައިގެން ދިދަ އުފުލާލައިގެން އޭނާގެ ޕާފޯމަންސް ދެމުން ގެންދިޔައެވެ.
މީ އިނޑިއާގެ ގިނަ ބަޔަކަށް ވަރަށް ފަހުރުވެރި ވަގުތު ކޮޅަކަށް ވިނަމަވެސް ބައެއް މީހުންގެ ފާދުކިޔުމުން ނޯރާ އަށް ސަލާމަތް ވެވޭގޮތެއް ނުވިއެވެ. އެމީހުން ފާޑުކިޔައިފައިވަނީ ނޯރާ އިދިކޮޅަށް ދިދަ ހިފަިއގެން ހުރެ ކަމަށްބުނެއެވެ. އަދި އެކަމާއި ގުޅިގެން އޭނާ މާފަށް އެދެން ޖެހޭ ކަމަށްވެސް އެމީހުން ބުނެފައިވެއެވެ.
ނަމަވެސް ގިނަބައެއްގެ ތައުރީފް ނޯރާއަށް އޮހިގެން ދިއަ މި ޕާފޯމެންސްގެ ލައިމް ލައިޓް އަކީ ނޯރާ ކަމަށާއި މުޅިޝޯގެ ރޫހަކީ ނޯރާކަމަށް އެމީހުން ވަނީ ބުނެފެއެވެ. އަދި އެމީހުން ވަނީ ވަރަށް ބޮޑަށް އެމީހުން ނޯރާއާއި މެދުގައި ފަހުރުވެރިވާކަމަށް ބުނެފައިއެވެ.
ގަރްމީ، ސާކީ ސާކީ، އަދި ނާޗް މެރީ ރާނީ ފަދަ މަޝްހޫރު އެތައް ލަވަތަކުން ފެނިގެންގޮސްފައިވާ 30 އަހަރުގެ ބަތަލާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ އަޔުޝްމާން ކުރާނާގެ ފިލްމް "އެން އެކްޝަން ހީރޯ" ގައި ހިމަނަފައިވައިވާ "ޖައިދާ ނަޝާ" އިންނެވެ. މި ލަވައަކީ ގިނަބައަކަށް ކަމުދިއަ މަގުބޫލް ލަވައެކެވެ. ނޯރާއާއެކު އަޔުޝްމާންވެސް ވަނީ ލަވައިން ފެނިގެން ގޮސްފައެވެ.