ދެދުވަހު އެކައްޗެއް ނުކިޔާ މީހަކަށް ރިޔާސީ ކެނޑިޑޭޓުކަން ދޭން ހެޔޮނުވާނެ: ޑރ.އިޔާޒު

ދެދުވަހު އެކައްޗެއް ނުކިޔާ މީހަކަށް ރިޔާސީ ކެނޑިޑޭޓުކަން ދޭން ހެޔޮނުވާނެ: ޑރ.އިޔާޒު

ދެދުވަހު އެކައްޗެއް ނުކިޔާ މީހަކަށް ރިޔާސީ ކެނޑިޑޭޓުކަން ދޭން ހެޔޮނުވާނެ ކަމަށް ވިދާޅުވެ ޑރ.އިޔާޒުގެ ފާޑުކިޔުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްފިއެވެ.

އަންނަ އަަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން މީގެކުރިންވެސް ފާޅު ކުރައްވާފަިއވާ ރައީސް ނަޝީދު ގެންދަވަނީ ޕްރައިމަރީ ކެމްޕެއިން ކުރައްވަމުންނެވެ. އެމްޑީޕީގެ ޕްރައިމަރީ މިފެށޭ ހަފްތާގައި އިއުލާންކުރާއިރު ޕްރައިމަރީގައި ރައީސް ނަޝީދު ވާދަ ކުރައްވާނެކަމަށް ބެލެވެއެވެ.

ނަމަވެސް އެންމެފަހުން ބޭއްވި އާސްކް ސްޕީކާ ޕްރޮގުރާމުގައި ރައީސް ނަޝީދު ވިދާޅުވީ ޕްރައިމަރީއެއް ބޭއްވުމަށްވުރެ ބޮޑަށް އިސްކަން ދޭންޖެހޭނީ ނިޒާމީ ވޯޓެއް ނެގުންކަމަށެވެ. އަދި އެމަނިކުފާނުގެ މައިގަނޑު ވިސްނުންހުރީ ޕްރައިމަރީގައި ވާދަކުރުމަށްވުރެ ބޮޑަށް ނިޒާމީ ވޯޓަށްކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ނަޝީދުގެ މިވާހަތަކަށް ފާޑުވިދާޅުވެ ޑރ.އިޔާޒު ވިދާޅުވީ ރައީސް ނަޝީދަކީ ދެފަހަރަކު އެކައްޗެއް ކިޔޭ ބޭފުޅެއް ނޫންކަމަށެވެ. މިފަދަ ބޭފުޅަކަށް ރިޔާސީ ޓިކެޓް ދިނުމަކީ ހެދޭނެ ބޮޑު ގޯހެއްކަމަށް އިޔާޒު ވިދާޅުވިއެވެ. ޕްރައިމަރީއަށް ދެކޮޅު ހައްދަވާ ބޭފުޅަކު މިއަދު ގެންދަވަނީ ޕްރައިމަރީއަށް ވޯޓު ހޯއްދެވުމުގެ މަސައްކަތް ކުރައްވަމުން ކަމަށް ޑރ.އިޔާޒު ވިދާޅުވިއެވެ.

ދެދުވަހު އެކައްޗެއް ނުކިޔާ މީހަކަށް ރިޔާސީ ކެނޑިޑޭޓުކަން ދޭން ހެޔޮނުވާނެ. ރޭގައި ބުނީ ނިޒާމު ބަދަލުކޮށްގެން ނޫނީ ޕްރައިމަރީ ބާއްވަން ޤަވާޢިދު ތަންނުދެޔޭ، މިއަދު އެހުރީ އެބުނާ ތަންނުދޭ ޕްރައިމަރީ އަށް ވޯޓު ހޯދަން ނިކުމެ.

– ޑރ.އިޔާޒު ވިދާޅުވިއެވެ.

އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީއިން ވާދަކުރާ ކެންޑިޑޭޓެއް ހޮވުމަށް ބާއްވާ އިންތިހާބުގައި ނަޝީދުގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވާދަކުރައްވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް ޕްރައިމަރީ ބާއްވާނެ ދުވަހެއް އަދި އެމްޑީޕީއިން އިއުލާނުކޮށްފައެއް ނުވެ އެވެ.

ދެ ރައީސުން ޕްރައިމަރީއަށް ތައްޔާރުވާން ފަށާފައިވާއިރު ޕާޓީގެ ތެރޭގައި ދެ ފެކްޝަނެއް އުފެދި ވާދަވެރިކަން ދަނީ އިތުރުވަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

Leave a Reply

Your email address will not be published. Required fields are marked *