ކަރަން އަށް ބޮޑު ފިލްމަކުން ފުރުސަތު ލިބިއްޖެ

ކަރަން އަށް ބޮޑު ފިލްމަކުން ފުރުސަތު ލިބިއްޖެ

Author
ފާތިމަތު ނާވީ
05 ޑިސެމްބަރ 2022 07:30
0

މިހާރު ކުޅޭނެ ފިލްމް އެއް ނުލިބޭ އެކްޓަރެއް ކަމަށްވާ ކަރަން ސިންގް ގްރޯވާ އަށް ބޮޑު ފިލްމަކުން ފުރުސަތު ލިބިއްޖެއެވެ.

ރިޕޯޓްތަށް ބުނާގޮތުގައި ކަރަން އަށް ފުރުސަތު ލިބުނީ ތިކް ރޯޝަނާއި ދީޕިކާ ޕަދްކޯންގެ އިތުރުން އަނިލް ކަޕޫރްގެ އޭރިއަލް އެކްޝަން ތުރިލާ ފިލްމް "ފައިޓާ"އިން ނެވެ. މި ފިލްމްގެ ޝޫޓިން  މީގެ ހަފުތާއެއްހާ ދުވަސް ކުރިން ފެށިގެން އާސަމްގައި ޝޫޓީންގ ފަށައިގެން އުޅޭ ފިލްމް އިން ކަރަން އަށް ފުރުސަތު ލިބުން އިރުގައި އެފިލްމްގެ ޑައިރެކްޓަރު ސިދާތު އާނަންދު އާއި ކާސްޓްގައި ހިމެނޭ އަކްޝޭ އޮބެރޯއީއާ އެކީ ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމްގައި އޭނާވަނީ ޕޯސްޓްކޮށްފައިވެ އެވެ.

 

View this post on Instagram

 

A post shared by karan singh grover (@iamksgofficial)

ކަރަންގެ އަންހެނުން ބިޕާޝާ އަކީ ސިދާތާ އެކީ މަސައްކަތްކޮށްފައިވާ ބަތަލާއެކެވެ. އެއީ ރަންބީރް ކަޕޫރް ބަތަލުގެ ރޯލު 2008 ގެ "ބަޗްނާ އޭ ހަސީނޯ" ގަ އެވެ. ނަމަވެސް ބިޕާޝާގެ ފިލްމީ ކެރިއަރުވެސް މިހާރު ވަނީ ހަލާޚުވެފައިއެވެ. އަދި ކުޅޭނެ ފިލްމް އެއް ނުލިބި އޭނާ އިންނަން ޖެހިފައިވަނީ ގޭގައެވެ.

 

View this post on Instagram

 

A post shared by Bipasha Basu (@bipashabasu)

ޓީވީ ސިލްސިލާތަކުން މަޝްހޫރުކަން ހޯދި ކަރަން، 40، ލީޑް އެކްޓަރެއްގެ ގޮތުގައި ބޮލީވުޑަށް ނުކުތީ ބިޕާޝާއާ އެކީ ކުޅުނު 2015 ގެ "އެލޯން" އިންނެވެ. ކަރަންއާ 2016 ގައި ކައިވެނިކުރި ފަހުން ބިޕާޝާ ވެސް ވަނީ ބޮލީވުޑުް ގެއްލިފަ އެވެ. އެ ދެ މީހުންނަށް އަލަތު ދަރިފުޅު ލިބުނީ މި މަހުގެ 12 ގަ އެވެ. ކަރަން އަށް ބޮޑު ފިލްމް އަކުން ފުރުސަތު މި ލިބުނީ ދަރިފުޅު ލިބުންތާ މާގިނަ ދުވަހެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.