ފަރުދީން އެނބުރި އަންނަ ފިލްމު ސިނަމާގައި ނާޅުވާނެ

ފަރުދީން އެނބުރި އަންނަ ފިލްމު ސިނަމާގައި ނާޅުވާނެ

ގުޅުންހުރި

ބޮލީވުޑްގެ ކުރީގެ މަޝްހޫރު އެކްޓަރު ފަރުދީން ޚާން އެނބުރި އަންނަ ފިލްމު "ވިސްފޮޓް" ސިނަމާތަކަށް ނުގެނެސް އޯޓީޓީގައި ރިލީޒްކުރަން ނިންމައިފިއެވެ.

މިދިޔަ އަހަރު އިއުލާނުކުރި މި ފިލްމްގައި އެކްޓަރ ރިތޭޝް ދޭޝްމުކާއިއެކު ފަރުދީން ފެންނަ އިރުގައި ކުރިން މިފިލްމް އޮތީ ސިނަމާތަކުގައި އަޅުވާގޮތަށެވެ. ނަމަވެސް އެ ފިލްމުގެ ޕްރޮޑިއުސަރު ސަންޖޭ ގުޕްތާ ބުނީ ސިނަމާތަކަށް ގެނައުމުގެ ބަދަލުގައި ބެލުންތެރިންނަށް އަންނަ އަހަރުގެ ކުރީކޮޅު ފިލްމު ދޫކޮށްލާނީ ސްޓްރީމިން ޕްލެޓްފޯމަކުން ކަމަށެވެ. އެކަމަކު އެއީ ކޮން އިރަކު، ކޮން ޕްލެޓްފޯމަކުން ކަމެއް ހާމައެއްނުކުރެ އެވެ.

ފަރުދީން، 48، ގިނަ ދުވަސްތަކެއް ފިލްމީ ދާއިރާއާ ދުރުގައި ހުރުމަށްފަހު އެނބުރި އަންނަނީ ޑައިރެކްޓަރ ސަންޖޭ ގުޕްތާ ޕްރޮޑިއުސްކުރާ ފިލްމް އަކުންނެވެ. މިއީ ވެނެޒުއޭލަން ފިލްމެއް ކަމަށްވާ "ރޮކް ޕޭޕާ ސިޒާސް"ގެ ހިންދީ ރިމޭކެކެވެ.

މީގެ ކާސްޓްގައި ރިތޭޝް ދޭޝްމުކް، ކްރިސްޓަލް ޑި ސޫޒާ، ޕްރިޔާ ބަޕަޓް، ސީމާ ބަޕަޓް އަދި ޝީބާ ޗައްޑާ ހިމެނެ ވެސް ހިމެނެ އެވެ. "ވިސްފޮޓް" އަކީ ސަންޖޭ އާއި ބުޝަން ކުމާރުގެ ޓީ ސީރީޒް ގުޅިގެން ގެނެސްދޭން ހަމަޖެހިފައިވާ ފިލްމެކެވެ.

ކޫކީ ގްލާޓީ ޑައިރެކްޓްކުރި މި ފިލްމް ބިނާވެފައިވަނީ ޓެކްސީ ޑްރައިވަރެއްގެ ގޮތުގައި މަސައްކަތްކުރާ ކުރީގެ ޑްރަގް ޑީލަރަކު، ޕައިލެޓެއްގެ ދަރިފުޅު ކިޑްނެޕްކުރުމުން ދިމާވާ ހާދިސާތަކެއްގެ މައްޗަށެވެ.

 

View this post on Instagram

 

A post shared by Riteish Deshmukh (@riteishd)

ފަރުދީން އެންމެ ފަހުން ކުޅުނީ 2010 ވަނަ އަހަރު ރިލީޒްކުރި "ދުލްހާ މިލްގަޔާ" އެވެ. ކުރީގެ މަޝްހޫރު ތަރި ފީރޯޒް ޚާންގެ ދަރިފުޅުގެ ކެރިއަރުގައި ކުޅުނު ފާހަގަކޮށްލެވޭ ބައެއް ފިލްމުތަކުގެ ތެރޭގައި "ޕިޔާރު ތޫނޭ ކިޔާ ކިޔާ"، "ޖަންގަލް"، "ބޫތު"، "ނޯ އެންޓްރީ" އަދި "ހޭ ބޭބީ" ހިމެނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ