ތަމަޅަ ފިލްމު "ކޭޑީ" ގެ ރިމޭކަށް އަބީޝޭކް

ތަމަޅަ ފިލްމު "ކޭޑީ" ގެ ރިމޭކަށް އަބީޝޭކް

Author
ފާތިމަތު ނާވީ
03 ޑިސެމްބަރ 2022 03:27
0

2019 ވަނަ އަހަރުގެނެސްދިން ކާމިޔާބު ތަމަޅަ ފިލްމް "ކޭޑީ" ގެ ހިންދީ ރީމޭކް ކުޅުމަށް އަބީޝޭކް ބައްޗަން ސޮއިކޮށްފިއެވެ.

"ކޭޑީ" ގެ ހިންދީ ރީމޭކް ހަދަނީ ނިކިލްގެ އެމޭ އެންޓަޓެއިންމަންޓުގެ ބެނާގެ ދަށުންނެވެ. މިފިލްމު ޑައިރެކްޓުކުރަނީ 2019 ވަނަ އަހަރު ދެއްކި އޮރިޖިނަލް ތަމަޅަ ފިލްމުގެވެސް ޑައިރެކްޓަރު މަދުމިތާ ސުންދަރާމަން އެވެ.

 

View this post on Instagram

 

A post shared by Abhishek Bachchan (@bachchan)

"ކޭޑީ" އަކީ އުމުރުން ދުވަސްވީ މީހަކާއި ކުޑަކުއްޖަކާއި ދެމެދު އުފެދޭ އާދަޔާ ޚިލާފު ގުޅުމެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. ބަލިހާލުގައި އޮތް އުމުރުން ދުވަސްވީ މީހަކު ކުއްލިއަކަށް ކޯމާއިން ތެދުވެ އޭނާގެ އާއިލާއިން އޭނާ މަރާލަން ރޭވުންތައް ރޭވި އަޑު އިވުމުން އޭނާ ފިލައިގެން ގޮސް އެންމެ ފަހުން އަށް އަހަރުގެ ޔަތީމު ކުއްޖަކާ ބައްދަލުވާތަނެވެ.

 

View this post on Instagram

 

A post shared by Abhishek Bachchan (@bachchan)

46 އަހަރުގެ އެކްޓަރު އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ވެބްސީރީޒް "ބްރީތު ސީޒަން 3″ އިންނެވެ. އޭނާ އެންމެ ފަހުން ފެނިގެންދިއަ ފިލްމް އަކީ މި އަހަރުގެ އެޕްރިލް މަހުގައި ރިލީޒް ކުރި ފިލްމް "ދަސްވީ" އެވެ. އެ ފިލްމް ގައި އޭނާ ފެނިގެން ދިއައީ ޔަމީ ގޯތަމް އައި ނިމްރަތް ކޯރް އާއެކުގައިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.