ލިޔެވިފައި އޮންނަ ހަމަތަކާއި އުސޫލުތައް އޮޅާލައި، ވަކި މީހެއްގެ އަމިއްލަ އެދުން އިސްކުރި އެޖެންޑާއެއް ވަށައި އެނބުރެން ބުނުމަކީ ނަމުރޫދު ސްޓައިލްކަމަށް ވިދާޅުވެ ދުވާފަރު ދާއިރާގެ މެންބަރު އިސްމާޢީލް އަޙްމަދު، ނުސީދާކޮށް އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދަށް ފާޑުވިދާޅުވެއްޖެއެވެ. އިއްސެ މިފަދައިން މި ވިދާޅުވީ،ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ރިޔާސީ ކެންޑޭޓަށް ކަނޑައަޅާ ބޭފުޅަކު ހޮވުމަށް ބާއްވާ ރިޔާސީ ޕްރައިމަރީގައި އެޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވާދަކުރައްވަން ނިންމަވާފައިވަނިކޮށެވެ.
އިއްސެ ވަނީ މީގެ ކުރިންވެސް ރައީސް ނަޝީދަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ. އިއްސެ ވިދާޅުވީ، ލިޔެވިފައި އޮންނަ ހަމަތަކާއި އުސޫލުތައް އޮޅާލައި، ވަކި މީހެއްގެ އަމިއްލަ އެދުން އިސްކުރި އެޖެންޑާއެއް ވަށައި އެނބުރެން ބުނުމަކީ ނަމުރޫދު ސްޓައިލް އޯކޭކަމަށް ބުނުންކަމަށެޗވެ. އިއްސެ ވަނީ ރައީސް ސާލިހް ދުވާފަރު ދާއިރާއަށް ވެވަޑައިގެންފައިވާ ވަޢުދުފުޅުތަކުން ހާސިލުވި ކަންކަން ހިއްސާކުރައްވާފައެވެ.
ލިޔެވިފައި އޮންނަ ހަމަތަކާއި އުސޫލުތައް އޮޅާލައި، ވަކި މީހެއްގެ އަމިއްލަ އެދުން އިސްކުރި އެޖެންޑާއެއް ވަށައި އެނބުރެން ބުނުމަކީ ނަމުރޫދު ސްޓައިލް އޯކޭކަމަށް ބުނުން❗️
ރައީސް ސާލިހް – އެމްޑީޕީ ވަންތަ ވެރިކަން ހިންގަން ފަރިތަ ނަމޫނާ ވެރިއެއް💪
އަޅުގަނޑުމެނަށް ދެއްވި ރިސްވަތަކީ:👇 pic.twitter.com/e3hQHv4CnJ
— Ismail Ahmed (@N4Isse11) November 29, 2022
ރައީސް ނަޝީދުގެ ޕްރައިމަރީ ކެމްޕެއިން ފެށުމަށް ހަމަޖެހިފައިވަނީ ގދ.ތިނަދޫގައެވެ. އެމަނިކުފާނު ވަނީ މިކަމަށްޓަކައި ކިހާރު ކެމްޕެއިން ޓީމެއް ހައްދަވައި އެޓީމާއެކު ބައްދަލުވުންތައް ބާއްވަން ފައްޓަވާފައެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާއްވާނެ ތާރީޚެއް އަދި އެޕާޓީން ހާމައެއް ނުކުރެއެވެ. އެމްޓީޕީގެ ޗެއާޕާސަންއަކަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާޢީލް ހޮވުމާއެކު ޕާޓީގެ ހުރިހާ ހިސާބެއްގެ ކޮންޓްރޯލް މިވަގުތު އޮތީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ އަތްޕުޅުގައެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ރައީސް ނަޝީދުގެ މެދުގައި ޚިޔާލު ތަފާތުވެ ދެބޭފުޅުންނަށް ތާޢީދުކުރާ ޢާމުން މެމްބަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވަނީ ދެބަޔަކަށް ބެހި ދެ ފެކްޝަން ހަދާފައެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެފައިވަނީ، ގިނަ ޕާޓީތަކާއެކު ހަދާ ކޯލިޝަނަކުން ނޫނީ އެއްވެސް ބޭފުޅަކަށް އަދި ރާއްޖޭގެ ވެރިކަމަށް ވަޑައިގަނެވޭނެ ގޮތެއް ނެތްކަމަށެވެ. އަދި މިވަގުތު ރާއްޖޭގެ ޙާލަތު އޮތްގޮތުން ގިނަ ޕާޓީތަކުން ކޯލިޝަން ހަދާނެ ހަމައެކަނި ލީޑަރަކަށް ހުންނެވީ އެމަނިކުފާނުކަމަށެވެ. އެހެންކަމުން އެމްޑީޕީން އަންނަ ރިޔާސީ އިންތިޚާބު ކާމިޔާބުކުރަން ބޭނުންވާނަމަ އޮތް ޗޮއިސްއަކީ އެމަނިކުފާނުކަމަށެވެ.
އެހެންނަމަވެސް ރައީސް ނަޝީދު ވިދާޅުވެފައިވަނީ ރައީސް ޞާލިޙަކަށް ތާޢީދު ނުކުރައްވާނެކަމަށެވެ. އަދި ސަރުކާރުގެ ތެރޭގައި ކޮރަޕްޝަނާއި ފަސާދަ އިންތިހާއަށް އެބައޮތްކަމަށާ، ސަރުކާރުގެ ހިންގުން ބޮއްސުންލާފައިވާކަމަށް ނަޝީދައި އޭނާއަށް ތާޢީދުކުރާ މެމްބަރުން ތުހުމަތުކުރެއެވެ.