"ދަ ގްރޭޓް އިންޑިއަން ކިޗަން" ޝޫޓިންގ ނިންމައިލައިފި

"ދަ ގްރޭޓް އިންޑިއަން ކިޗަން" ޝޫޓިންގ ނިންމައިލައިފި

Author
ފާތިމަތު ނާވީ
30 ނޮވެމްބަރ 2022 06:08
0

2021 ވަނަ އަހަރުގެ ކާމިޔާބު ފިލްމް "ދަ ގްރޭޓް އިންޑިއަން ކިޗަން" ގެ ހިންދީ ރިމޭކް ގެ ރީމޭކްގެ ޝޫޓިން ނިންމާލައިފިއެވެ.

މި ފިލްމް އިއުލާން ކުރީ މިއަހަރުގެ ކުރީކޮޅުގައިއެވެ. ފިލްމްގެ ލީޑުން ފެނިގެންދާނީ ސާންޔާ މަލޯތްރާއެވެ. އަދި މި ފިލްމްގެ ލީޑު އެކްޓަރުގެ ރޯލުން ފެނިގެންދާނީ އަންގަދް ބޭދީއެވެ.

 

View this post on Instagram

 

A post shared by ANGAD BEDI (@angadbedi)

މިދިޔަ އަހަރު ރިލީޒްކުރި އޮރިޖިނަލް މަލަޔާލަމް ފިލްމް "ދަ ގްރޭޓް އިންޑިއަން ކިޗަން" ގެ ޑައިރަކްޓަރަކީ ޖޯއި ބޭބީއެވެ. މި ފިލްމުގެ ލީޑް ރޯލުން ފެނުނީ ނިމިޝާ ސަޖާޔަން އާއި ސޫރަޖް ވެންޖަޔަމޫދް އެވެ.

މި ފިލްމުގެ ޑައިރެކްޓަރަކީ 2019 ވަނަ އަހަރު ދެއްކި ފިލްމު "ކާގޯ" ގެ ޑައިރެކްޓަރު އަރާތީ ކާދަވްއެވެ. މި ފިލްމްގައި ދައްކުވައިދެނީ ކައިވެންޏަށް ފަހު ގޭތެރޭގެ މަސައްކަތްތަށް ކުރުމުގައި އަންހެނަކަށް ދިމާވާ ގޮންޖެހުންތަކެވެ.

"ދަ ގްރޭޓް އިންޑިއަން ކިޗަން" ގެ ޝޫޓިން ނިންމާލުމަށްފަހު ސަންޔާ މިހާރު ވަނީ "ސޭމް ބާދޫރު" ގެ ޝޫޓިން އަށް އިންޑިއާގެ ކޮލްކަތާއަށް ފުރާފައި ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. "ސޭމް ބާދޫރް" ގައި ސާންޔާ އާއި ވިކީގެ އިތުރުން ފާތިމާ ސަނާ ޝެއިހް، ސާގިބް ޔައުގޫބު އަދި މަނޯޖް ބަޖްޕާއީވެސް މި ފިލްމުން ފެންނާނެއެވެ.

 

View this post on Instagram

 

A post shared by SanyaM (@sanyamalhotra_)

2016 ވަނަ އަހަރު ދެއްކި "ޑަންގަލް" އިން ބޮލީވުޑަށް ތަޢާރަފުވި ސަނާޔާ އަންނަނީ މަޑުމަޑުން ބޮލީވުޑްގައިފައިތިލަ ސާބިތު ކުރަމުނެވެ. އޭނާ އެންމެ ފަހުން ފެނިގެންދިއައީ "ހިޓް: ދަ ފަސްޓް" ކޭސް އިން ރާޖް ކުމާރު ރާއޯ އާއި އެކުގައިއެވެ. ސަނާޔާ ދެން އެންމެ އަވަހަށް ފެންނާނީ ނެޓްފްލިކްސް ފިލްމު "ކަތާލް" އިންނެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.