"ޗަނާޗާ" ޝޯގައި ރާއްޖޭގައި ޕަފޯމްކުރި ސްރީ ލަންކާގެ ލަވަކިޔުންތެރިޔާ ޔޮހާނީ ޑި ސިލްވާ އާއި ބޮލީވުޑްގެ މަޝްހޫރު ލަވަކިއުންތެރިއާ ޖުބިން ނަޓޯލިއާގެ އާ ހިންދީ ލަވައެއް ވީޑިއޯއާ އެކީ ނެރެފި އެވެ.
މަޑުމަޑުން ބޮލީވުޑްގައި ވެސް ކުރި ހޯދަމުން އަންނަ ޔޮހާނީގެ ލަވައެއް ވަނީ މި އަހަރު ރިލީޒްކުރި "ތެކްގް ގޯޑް" ގައި ހިމަނާގައިއެވެ. އެއީ އޭނާ މަގުބޫލުކަން ހޯދި "މެނިކޭ" ގެ ހިންދީ ވާޝަންއެވެ. މި ލަވައިގައި ފެނިގެންދިއައީ އެފިލްމްގެ ލީޑުން ފެނިގެންދިއަ ސިދާތް މަލޯތްރާ އާއި ނޯރާ ފަތޭހީއެވެ.
"ތެންކް ގޯޑް" އަކީ ބޮކްސް އޮފީހުގައި ކާމިޔާބު ފިލްމް އެކެވެ. ފިލްމްގެ މި ލަވަ އަކީ ގިނަބަޔަކު ބަލައިގެން އަދި މަގުބޫލު ލަވައެކެވެ. މި ފިލްމް ގައި ފެނިގެން ދިއައީ އަޖޭ ދޭވްގަން ގެ އިތުރުން ސިދާތް މަލޯތްރާ އަދި ރަކުލް ޕްރީތް ސިންގްއެވެ.
މިފަހަރު މި އޮތީ ސީދާ ޔޮހާނީގެ ފުރިމަހަ ޑުއެޓެކެވެ. "ތޫ ސާމްނެ އާޔޭ" ކިޔައިފައި ވަނީ ޔޮހާނީ އާއި ޖުބިންއެވެ. ލަވައިގެ ވީޑިއޯގައިވެސް ފެނިގެން ދަނީ މި ދެމީހުންނެވެ. ޓީ ސީރީޒްގެ ތައްގަނޑުގައި ނެރެފައިވާ މި ލަވަ އަންނަނީ ސޯޝަލް މީޑިއާގައި މަގުބޫލުކަން ހޯދަމުންނެވެ.
"ތޫ ސާމްނެ އާޔޭ" ގެ މިއުޒިކް ހެދީ ޖުބީން އާއި ރޮކީ ކަންނާ އެވެ. އަދި ލަވައިގެ ޅެން ލިޔުނީ ރޮކީ އެވެ. ޖުބިން އަކީ މަޝްހޫރު އެތަށް ލަވައެއް ކިޔައިފައިވާ ހުނަރުވެރި ލަވަ ކިއުންތެރިއެކެވެ. އޭނާ އަންނަނީ ދޭތެރ ދޭތެރިން ބެލުންތެރިނަށް ލަވަތަށް ނެރެމުންނެވެ.
މިފަހުން ނެރުނު އަޔުޝްމާން ކުރާނާގެ "އެން އެކްޝަން ހީރޯ" ގައިވެސް ވަނީ ޔޮހާނީގެ ލަވައެއް ހިމަނާފައިއެވެ. މި ލަވައަކީ ވެސް އައިޓަމް ސޯންގްއެކެވެ. މި ފިލްމްގެ "ޖޭދާ ނަޝާ" އަކީ އަޔުޝްމާން އަދި ނޯރާ ފެނިގެން ދިއަ ލަވައެކެވެ. ޔޮހާނީ މިހާތަނަށް ކިޔައިފައިވާ އައިޓްމް ސޯންގ ތަކުން ފެނިގެން ގޮސްފައިވަނީ 'އައިޓަމް ސޯންގ' ތަށް ކުޅުމުގެ ރާނީ ނޯރާއެވެ.
ކޮމެންޓު ފޮނުވާ