ހދ. ނޮޅިވަރަންފަރު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަލީ އަހުމަދުގެ ސުލޫކީ މައްސަލައެއް ބެލުމަށް ޖޭއެސްސީން ނިންމައިފިއެވެ.
ޖޭއެސްސީން ވިދާޅުވެފައިވާ ގޮތުގައި ހދ.ނޮޅިވަރަންފަރު މެޖިސްޓްރޭޓް ކޯޓްގެ އިސްމެޖިސްޓްރޭޓް ޢަލީ އަޙްމަދު ފަނޑިޔާރެއްގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމުގައި އިހުމާލުވެފައިވާ ކަމަށް ބެލެވޭ ޝަކުވާއެއް ތަޚްޤީޤުކުރުމަށް މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީއިން ނިންމާފައިވާ ކަމުގައެވެ.
2022 ނޮވެންބަރު 23 ވަނަ ދުވަހު ބޭއްވި މި ކޮމިޝަނުގެ މިއަހަރުގެ 84 ވަނަ ޖަލްސާގައި، މައްސަލަ ތަހުޤީޤުކުރުމަށް ތަޙްޤީޤު ކޮމިޓީ އެކުލަވާލެވި، މައްސަލަ ތަހުގީގުކޮށް، އިސްމެޖިސްޓްރޭޓް ޢަލީ އަޙްމަދުގެ މައްސަލަ ބެލުމަށް ހަމަޖެހިފައިވާކަން ޖޭއެސްސީން ހާމަ ކޮށްފައިވަނީ މިއަދުއެވެ.