އޭދަފުށީ ހޮސްޕިޓަލުގައި މިއަދު ޑައިލަސިސްގެ ޚިދުމަތް ފަށަނީ

އޭދަފުށީ ހޮސްޕިޓަލުގައި މިއަދު ޑައިލަސިސްގެ ޚިދުމަތް ފަށަނީ

ގުޅުންހުރި

ބ. އޭދަފުށި ހޮސްޕިޓަލުގައި ޑައިލަސިސްގެ ޚިދުމަތް މިއަދު ފެށުމަށް ހަމަޖެހިއްޖެއެވެ. އޭދަފުށީ ހޮސްޕިޓަލުން ބައެއް މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި ފާއިތުވެދިޔަ ހަފްތާގެ އަންގާރަ ދުވަހުން ފެށިގެން އެ ހޮސްޕިޓަލުގައިވަނީ ޑައިލަސިސްގެ ޚިދުމަތް ފޯރުކޮށް ދިނުމަށް ތައްޔާރު ވެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ބ. އަތުޅުގައި މީހުން ދިރިއުޅޭ 13 ރަށުގައި ޑައިލަސިސްގެ ޚިމަތް ހޯދާންޖެހޭ 18 މީހުން މިވަގުތު އެބަ ތިއްބެވެ. މީގެތެރެއިން ގިނަ މީހުން ފާއިތުވެދިޔަ ތަނުގައި ޑައިލަސިސްގެ ޚިދުމަތް ހޯދަމުން ގޮސްފައިވަނީ ޚިދުމަތް އެންމެ ކައިރިން ފޯރުކޮށްދެމުން އައި ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުންނެވެ.

އޭދަފިށީ ހޮސްޕިޓަލުގައި ޑައިލަސިސްގެ ޚިދުމްތް މިއަދު ފޯރުކޮށްދޭން ފަށާއިރު، އެ ހޮސްޕިޓަލުގައި އެއްފަހަރާ 3 މީހުންނަށް ޚިދުމަތް ފޯރުކޮށްދެވޭނެއެވެ. އަދި ދުވާހަލަކު 6 މީހުންނަށް ޚިދުމަތް ފޯރުކޮށްދެވޭނެއެވެ.

ބ. އަތޮޅު ހޮސްޕިޓަލުގެ ޑައިލިސިސްގެ ޔުނިޓް ހުޅުވީ ތިން އެނދާއެކުގަ އެވެ. އަދި މި ހިދުމަތް ފޯރުކޮށްދިނުމަށް އެ ހޮސްޕިޓަލުން ވަނީ  ދެ ނަރުހުން ތަމްރީންކޮށްފަ އެވެ. މި ހިދުމަތައް އިތުރު ނަރުހުން އަންނަ އަހަރު ތަމްރީން ކުރެވިގެން ދާނެކަމަށް ވެސް އެހޮސްޕިޓަލުން ބުނެފައި ވެއެވެ.

އޭދަފުށީގެ އިތުރުން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައިވެސް ޑައިލަސިސް ސެންޓަރުތައް ގާއިމްކޮށް މިޚިދުމަތް ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ފޯރުކޮށްދިނުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

މިގޮތުން، މާލޭ ސަރަހައްދުގެ އިތުން، އައްޑު އިކުއެޓޯރިއަލް ހޮސްޕިޓަލުންނާއި، ލ. ގަމު ރީޖަނަލް ހޮސްޕިޓަލުންނާއި، ގދ. ތިނަދޫ އަބުދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުންނާއި ހދ، ކުޅުދުއްފުށި އަދި ރ. އުގޫފާރު ރީޖަނަލް ހޮސްޕިޓަލުންވެސް މިހާރު ދަނީ ޑައިލަސިސްގެ ޚިދުމަތް ފޯރު ކޮށްދެމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ