ޕީ.ސީ.ބީގެ ބޯޑު ބައްދަލުވުމެއް އެމްޕީއެލްގައި ބާއްވައިފި

ޕީ.ސީ.ބީގެ ބޯޑު ބައްދަލުވުމެއް އެމްޕީއެލްގައި ބާއްވައިފި

Author
ހުސެއިން
27 ނޮވެމްބަރ 2022 07:12
0

ޕްރައިވެޓަރޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުގެ ބޯޑު ބައްދަލުވުމެއް އެމްޕީއެލްގައި ބާއްވައިފިއެވެ.

ޕީސީބީން ކުރި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އެ ކޯޕަރޭޝަންގެ ބޯޑު ބައްދަލުވުމެއް އެމްޕީއެމްގައި ބޭއްވުމުގެ ބޭނުމަކީ ކުންފުންޏާ ގާތުން މަސައްކަތްކޮށް، އެމްޕީއެމްއަށް ކުރިމަތިވާ ގޮންޖެހުންތަކާ ހިރާސްތައް ދެނެގަތުމެވެ.

މި ބޯޑު ބައްދަލުވުމަށް ވަޑައިގެންނެވި ޕީސީބީގެ މެމްބަރުންނަށް އެ ކުންފުނީގެ ފަރާތުން ދެއްވި މެހެމާންދާރީއަށް ޕީސީބީން ވަނީ ޝުކުރު އަދާ ކޮށްފައެވެ.

ޕީސީބީއަކީ ސަރުކާރުން ކުންފުނިތައް ޒިންމާދާރުކޮށް، އަދި އެ ކުންފުނިތަކުގެ އެންމެ އިސް މަގާމްތަކަށް ބޭފުޅުން އައްޔަން ކުރުމުގެ ޒިންމާ ހަވާލުވެފަ އޮންނަ މުވައްސަސާއެވެ. މިގޮތުން ދައުލަތުގެ ކުންފުނިތަކަށް އެމްޑީން އައްޔަން ކުރުމުގެ ކުރިން މިފަރާތްތަކުގެ ފެންވަރު ވަޒަންކުރުމާއި، އިންޓަރވިއު ކުރުމުގެ އިތުރުން ކުންފުނިތައް މޮނިޓަރ ކުރުމުގެ މަސްއޫލިއްޔަތަކީވެސް ޕީސީބީގެ ޒިންމާއެކެވެ.

ޕީސީބީގެ ބޯޑު ބައްދަލުވުމެއް އެމްޕީއެމްގައި ބާއްވާފައިވާއިރު، އެހެން ކުންފުންޏެއްގައި މީގެ ކުރިން ބޯޑު ބައްދަލުވުމެއް މިއުސޫލުން ބާއްވާފައިވާކަމެއް އެގިފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.