ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ހާއްސަ ސިޓީފުޅަކާއެކީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޔޫއޭއީ އަށް ވަޑައިގެންފިއެވެ.
ރައީސްގެ ޚާއްސަ ސިޓީފުޅާއެކު ޝާހިދު ޔުއޭއީއަށް ވަޑައިގެންފައިވަނީ ފާއިތުވެދިޔަ ބުރާސްފަތި ދުވަހުއެވެ. ރައީސް ސާލިހުގެ ސިޓީފުޅު ޝާހިދު އަރުވާފައިވަނީ ޔޫއޭއީގެ ފޮރިން މިނިސްޓަރު ޝައިހް އަބްދުﷲ ބިން ޒައިދު އަލް ނަޙްޔާން އަށެވެ. މި ސިޓީފުޅު ޝާހިދު ހަވާލު ކުރައްވާފައިވަނީ ފޮރިން މިނިސްޓަރާއެކީ ބޭއްވި ބައްދަލު ވުމެއްގައެވެ.
It was an honour to meet the distinguished Foreign Minister of #UAE H.H. @ABZayed, as Special Envoy of President @ibusolih, and handover a Letter to President of #UAE H.H @MohamedBinZayed.@MoFAICUAE @ofmuae pic.twitter.com/1oDvtCBGx2
— Abdulla Shahid (@abdulla_shahid) November 26, 2022
ޔުއޭއީގެ ރައީސް މުހައްމަދު ބިން ޒައިދަށް ރައީސް ސާލިހުގެ ސިޓީފުޅެއް އެރުވުމަށް ޝާހިދު ވަޑައިގެންނެވީ ރައީސްގެ ޚާއްސަ މަންދޫބެއްގެ ހައިސިއްޔަތުންނެވެ.
ކޮމެންޓު ފޮނުވާ