އުއްޗުގެ އުފަން ދުވަހަށް މަޝްހޫރު ލަވަ ކިޔުންތެރިޔާ ފާއިޒް ރާއްޖެ އަންނަނީ

އުއްޗުގެ އުފަން ދުވަހަށް މަޝްހޫރު ލަވަ ކިޔުންތެރިޔާ ފާއިޒް ރާއްޖެ އަންނަނީ

ގުޅުންހުރި

މަޝްހޫރު ވިޔަފާރަވެރިޔާ، އަދި މަހުޖަނު އުއްޗުގެ 76 ވަނަ އުފަންދުވަސް ފާހަގަ ކުރުމަށް މަޝްހޫރު ލަވަކިޔުންތެރިޔާ، އިންޑިއާގެ މުހައްމަދު ފާއިޒު ރާއްޖެ އަންނާނެކަން އިއުލާން ކޮށްފިއެވެ.

މަޝްހޫރު ލަވަކިޔުންތެރިއާ މުހައްމަދު ފާއިޒްއަކީ ސޮނީ ޓީވީން މިއަހަރު ގެނެސްދިން އެ ޗެނެލްގެ "ސުޕަރ ސްޓާ ސިންގާ" ސީޒަން ކާމިޔާބުކުރި އުމުރުން 15 އަހަރުގެ ލަވަ ކިޔުންތެރިއެކެވެ.

މަހުޖަނު އުއްޗުގެ މިއަހަރު އުފަންދުވަހަށް މުހައްމަދު ފާއިޒު ގެނައުމަށް ހަމަޖެހިފައި ވާއިރު، އޭނާގެ މިދިޔައަހަރުގެ އުފަންދުވަހަށް ރާއްޖެ ވަޑައިގެންފައިވަނީ ސްރީ ލަންކާގެ ކުރީގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ ދަރިކަލުން ނަމާލް ރާޖަޕަކްސައެވެ.

ރާއްޖެ އަންނާނެކަން އިއުލާން ކުރަމުން މީސް މީޑިއާގައި މިހާރު ދައުރުވަމުންދާ ވީޑިއޯގައި ފާއިޒް ބުނެފައިވަނީ، އަންނަ ޑިސެމްބަރުމަހުގެ 26 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އުއްޗުގެ އުފަސްދުވަހުގެ ހަރަކާތްތަކުގައި އޭނާ ޕާފޯމް ކުރާނެކަމަށާއި، ދައުވަތު ދެއްވީތީ އުފާކުރާ ކަމަށެވެ. އަދި އޭނާ ޕާރފޯމް ކުރުމަށް ހަމަޖެހިފައިވަނީ އިރުވެލި ރިސޯޓުގައި ކަމަށްވެސް ބުނެފައި ވެއެވެ.

އުއްޗުވަނީ، ފާއިތުވެދިޔަމަހު، ބައިސްކޯފުން އިންތިޒާމް ކޮށްގެން ބޭއްވި ޚާއްސަ ޝޯވްއަކަށް ރާއްޖެއައި ސްރީ ލަންކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޔޮހާނީއާވެސް ބައްދަލު ކޮށްފައެވެ. އަދި އޭނާވަނީ ރައީސް ޔާމިންގެ ދައުރުގައި ރާއްޖެ ޒިޔާރަތްކުރި މަޝްހޫރު ފިލްމީ ތަރި ޕްރިޔަންކާ ޗޯޕްރާއާވެސް އޭރު ބައްދަލު ކުރައްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.