ޝަންގްރިއްލާއާއި ހެރެތެރޭގެ ކުލި ރައީސް ކުޑަކޮށްދީފި

ޝަންގްރިއްލާއާއި ހެރެތެރޭގެ ކުލި ރައީސް ކުޑަކޮށްދީފި

ޝަންގްރިއްލާއާއި ހެރެތެރެ ރިސޯޓްގެ ކުލި ވަރަށް ބޮޑުތަކުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ކުޑަކޮށްދެއްވާފައިވާކަމަށް އައްޑޫ ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީގައި ހިންގަމުން އަންނަ އެ ރިސޯޓްތައް ބަންދުކޯށްފައިވަނީ ކޯވީޑް19އާއި ގުޅިގެންނެވެ. ނަމަވެސް ކޯވިޑާއި ގުޅިގެން ރާއްޖޭގައި ބަންދުކުރި ގިނަ ރިސޯޓްތައް ހުޅުވިނަމަވެސް އައްޑޫ ރިސޯޓްތައް އަދި ހުލުވާފައެއް ނުވެއެވެ. ނަމަވެސް އެތަންތަން އޮޕަރޭޝަނަށް ގެނައުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ނިހާދު ވިދާޅުވީ ޝަންގރިއްލާއާއި ހެރެތެރެ ކުލި އެންމެ 3 ލައްކާގައި އޮއްވައި 2010 ވަނަ އަހަރު ކުލި ބޮޑުކޮށް، 2 މިލިއަން ޑޮލަރު ނަގަން ފެށުމަކީ އެ ދެރިސޯތް ހުއްޓެން ދިމާވި މައިގަނޑު 2 ސަބަބުކަމަށެވެ. ނަމަވެސް ރައްޔިތުންގެ ހައްގުގައި އެ ކުލި ކުޑަކޮށްދިނުމަށް ރައީސް ނިންމަވާފައިވާކަމަށް ނިހާދު ވިދާޅުވިއެވެ. ނަމަވެސް އޭގެ އިތުރު ތަފްސީލެއް ވިދާޅެއް ނުވެއެވެ.

 

އައްޑޫގައި ދެވަނައަށް އޮތް އެންމެ ބޮޑު ރިސޯޓުކަމުގައި ޝަންގްރިއްލާ ރިސޯޓަކީ 284 އެނދުގެ ރިސޯޓެކެވެ. މި ރިސޯޓު ބަނދުކޮށްފައިވަނީ ކޯވިޑުގެ ހާލަތާއި ގުޅިގެން ނަމަވެސް ރިސޯޓު އަލުން ހުޅުވުމަށް ސަރުކާރުން މިހާތަނަށް ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ. ޝަންގްރިއްލާ ރިސޯޓަކީ 2009 ވަނަ އަހަރު އައްޑޫގައި އެންމެ ފުރަތަމަ ހުޅުވި ރިސޯޓެވެ.

އައްޑޫގައި މިހާތަނަށް ހެދިފައި އޮތީ 3 ރިސޯޓެވެ. އެއީ ޝަންގްރިއްލާ ރިސޯޓުގެ އިތުރުން، ކެނެރީފް ރިސޯޓު އަދި ސައުތުޕާމް ރިސޯޓެވެ. ކޯވިޑުގެތެރޭގައި ކެނެރީފް ރިސޯޓުވެސް ބަނދުކުރިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.