ބަރުލަމާނީ ނިޒާމެއްގައި ވެރިކަން ކުރަން ބޭނުންވާ މީހުންނަށް އުއްމީދީ ބަޖެޓަކަށް ނުވެދާނެ: ރޮޒައިނާ

ބަރުލަމާނީ ނިޒާމެއްގައި ވެރިކަން ކުރަން ބޭނުންވާ މީހުންނަށް އުއްމީދީ ބަޖެޓަކަށް ނުވެދާނެ: ރޮޒައިނާ

Author
މުޙައްމަދު ޖިމީ
24 ނޮވެމްބަރ 2022 12:54
0

ބަރުލަމާނީ ނިޒާމެއްގައި ވެރިކަން ކުރަން ބޭނުންވާ މީހުންނަށް އަންނަ އަހަރުގެ ބަޖެޓުން އުއްމީދެއް ނުލިބުން އެކަށީގެންވާކަމަށް ވިދާޅުވެ ރައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް، އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދަށާއި، އެ ފެކްޝަނަށް ފާޑުވިދާޅުވެއްޖެއެވެ. ރޮޒައިނާ މިހެން މި ވިދާޅުވީ އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅަފައިވާ ބަޖެޓަށް، އެމްޑީޕީގެ ރައީސް ނަޝިދުގެ ފެކްޗަނުގެ މެންބަރުން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރުމާއި ގުޅިގެންނެވެ.

އެމްޑީޕީގެ މެންބަރުން ބަޖެޓަށް އަމާޒުކުރި ފާޑުކިޔުން، އިދިކޮޅު ޕީޕީއެމް ޕީއެންސީން އަމާޒުކުރި ފާޑުކިޔުމަށްވުރެ ބޮޑުކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.

އެ ފާޑުކިޔުންތަކަށް ރައްދު ދެއްވައި ރޮޒައިނާ ވިދާޅުވީ، އަންނަ އަހަރުގެ ބަޖެޓަކީ ކިޔަވާ ކުދިންނާއ، ގެދޮރު ބޭނުންވާ މީހުންނަށާއި، ވިޔަފާރިވެރިންނާއި، މަސްވެރިންނާއި އަންހެނުންނަށް އުއްމީދީ ބަޖެތެއްކަމަށެވެ. ނަމަވެސް ބަރުލަމާނީ ނިޒާމެއްގައި ވެރިކަންކުރަން ބޭނުންވާ ފަރާތްތަކަށް އެ ބަޖެޓުން އުއްމީދެއް ނުލިބުން އެކަަށީގެންވާކަމަށްވެސް ރޮޒައިނާ ވިދާޅުވިއެވެ.

އެމްޑީޕީގެ އެތެރޭގައި އުފެދިފައިވާ ކޯޅުމުގައި އެޕާޓީ ދެފެކްޝަނަކަށް ބެހިގެން ގޮސްފައި ވާއިރު، ޕާޓީގެ ނަޝީދު ފެކްޝަންގައި ތިއްބެވި ބޭފުޅުންގެ ފާޑުކިއުން އެންމެ ބޮޑަށް އަމާޒުވެގެން ގޮސްފައިވާ އެއް ބޭފުޅަކީ ރޮޒައިނާ އާދަމްއެވެ. އަދި އޭނާ ގެންދަވަނީ އެމްޑީޕީގެ ރައީސް އަދި މަޖިލިސް ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ސ ސަލީމާ
މިއަންހެނާ ގުރައިދު އަށް ލާބަލަ ކިހާވަރުގަދަ ކަމެއް