ޚަރަދުތައް އިތުރުވެ 6.5 ބިލއަން ރުފިޔާގެ ސަޕްލިމަންޓްރީ ބަޖެޓެއް ހުށައަޅައިފި

ޚަރަދުތައް އިތުރުވެ 6.5 ބިލއަން ރުފިޔާގެ ސަޕްލިމަންޓްރީ ބަޖެޓެއް ހުށައަޅައިފި

ގުޅުންހުރި

މިއަހަރުގެ އިތުރުޚަަރަދުތައް ހަމަޖެއްސުމަށް ބޭނުންވާ ފައިސާ ހިމަނައި 6.5 ބިލިއަން ރުފިޔާ ޚަރަދުކުރުމުގެ ހުއްދަ ހޯދުމަށް، ސަރުކާރުން ސަޕްލިމަންޓްރީ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ހުށައަޅާއިފިއެވެ.

ސަޕްލިމެންޓްރީ ބަޖެޓެއް މަޖިލީހަށް ހުށަހެޅީ މިއަަހަރަށް ފާސްކޮށްފައިވާ ބަޖެޓަށްވުރެ އިތުރަށް މި އަހަރު ތެރޭގައި ޚަރަދުވާނެކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ. އެގޮތުން 6.5 ބިލިއަން ރުފިޔާގެ ސަޕްލިމަންޓްރީ ބަޖެޓެއް ހުށައަޅަފައިވާކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

މިއަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ 42.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެހެންކަމުން ސަޕްލިމަންޓްރީ ބަޖެޓާއެކު މިއަހަރުގެ ބަޖެޓުގެ ޖުމްލަ ޢަދަދު 49.3 ބިލިއަން ރުފިޔާއަށްވުރެ އިތުރެވެ.

ސަރުކާރުން ސަޕްލިމަންޓްރީ ބަޖެޓެއް ހުށައެޅުމަށް ނިންމި ސަބަބުތަކުގެ ތެރޭގައި، މިއަހަރަށް ކަނޑައަޅާފައިވާ ފިއުލް ސަބްސިޑީއަށް ވުރެ އިތުރަށް ހަރަދުކުރަން ޖެހުމާއި، އާސަންދައިގެ ބަޖެޓު ހުސްވުން ހިމެނެއެވެ. އަދި ސްޓޫޑެންޓް ލޯނާއި ހިލޭ ޑިގްރީގެ ސްކީމަށް ހަރަދުތައް އިތުރުވުންވެސް ހިމެނެއެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓުވެސް މަޖިލީހަށް ހުށައެޅުމަށް ސަރުކާރުން އަންނަނީ މަސައްކަތްކުރަމުންނެވެ. އަންނަ އަހަރަށް ލަފާކުރަނީ  50.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް ބަޖެޓުގެ އަސްލު ޢަދަދު އިނގޭނީ މަޖިލީހަށް ހުށައެޅުމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ