’ދްރިޝްޔަމް 2′ އަށް އުއްމީދު ނުކުރާ ވަރުގެ ކާމިޔާބެއް

’ދްރިޝްޔަމް 2′ އަށް އުއްމީދު ނުކުރާ ވަރުގެ ކާމިޔާބެއް

Author
ފާތިމަތު ނާވީ
26 ނޮވެމްބަރ 2022 05:46
0

މިމަހުގެ 18 ވަނަ ދުވަހުގައި ރިލީޒް ކުރި އަޖޭ ދޭވްގަން ގެ ފިލްމް "ދްރިޝްޔަމް 2″ އަށް އުންމީދު ނުކުރާވަރުގެ ބޮޑު ކާމިޔާބެއް ލިބިއްޖެއެވެ.

ސައުތު އިންޑިއާގެ ފިލްމުތަކަށް ބޮޑު ކާމިޔާބެއް ލިބި ހިންދީ ފިލްމުތައް ފްލޮޕްވުމުގެ ސިލްސިލާއެއް ކުރިއަށް ދަނިކޮށް ރިލީޒްކުރި "ޑްރިޝަމް 2″ މިހާރު ވެފައިވަނީ ގޭމް ޗޭންޖާ އަކަށެވެ. ހުކުރު ދުވަހު ރިލީޒް ކުރި 'ދްރިޝްޔަމް 2′ އަށް ލިބެމުންދާ ތަރުހީބާ އެކު ހެނދުނާއި ދަންވަރުގެ ޝޯތަކާއި ފިލްމު ދައްކާ ސްކްރީންތައް ވެސް ވަނީ އިތުރުކޮށްފަ އެވެ.

ދެ ދުވަސް ތެރޭ އެ ފިލްމަށް 37 ކްރޯޑުގެ އާމްދަނީއެއް ލިބި ބައެއް ސިޓީތަކުގައި ފިލްމަށް ޑިމާންޑު އިތުރުވެފައިވާތީ ކުރިއަށް އޮތް ހަފްތާ ނިމޭއިރު އެ ފިލްމަށް 100 ކްރޯޑު ލިބޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

"ދްރިޝްޔަމް 2″ އަކީ ހަމަ މި ނަން ކިޔާ މަލަޔާލަމް ފިލްމެއްގެ ރިމޭކެކެވެ. މި ފިލްމް އަކީ  2015 ވަނަ އަހަރު ގެނެސްދިން 'ދްރިޝްޔަމް’ގެ ސީކުއެލް އެކެވެ. އަޖޭގެ އިތުރުން ތާބޫ، އަކްޝޭ ކަންނާ، ޝްރިޔާ ސަރަން އަދި އިޝިތާ ދައްތާ ވެސް މުހިއްމު ރޯލުތަކުން ފެންނަ އެ ފިލްމަށް ލިބެމުންދަނީ އަންދާޒާ ކުރިވަރަށް ވުރެވެސް  ރަނގަޅު ތަރުހީބެއް ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.