6 އެއަރޕޯޓެއް ތަރައްގީ ކުރުމަށް ފައިސާ ހޯދުމުގެ ޒިންމާ އަމިއްލަ ކުންފުންޏަކަށް

6 އެއަރޕޯޓެއް ތަރައްގީ ކުރުމަށް ފައިސާ ހޯދުމުގެ ޒިންމާ އަމިއްލަ ކުންފުންޏަކަށް

ގުޅުންހުރި

އަތޮޅުތެރޭގައި އެޅުމަށް ނިންމާފައިވާ ހަ އެއާޕޯޓް ތަރައްގީ ކުރުމަށް ބޭނުންވާ ފައިސާގެ ތެރެއިން ބައެއް ހޯދުމަށް، އަމިއްލަ ކުންފުންޏެއް ކަމުގައިވާ މުނި އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑާ ސަރުކާރުން ހަވާލު ކޮށްފިއެވެ.

މިގޮތުން މި މަސައްކަތް ހަވާލުކުރި މުނި އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑާއެކު، މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓަކްޗާއިން އިއްޔެވަނީ ފައިނޭންސިން އެގްރީމަންޓެއްގައި ސޮއި ކޮށްފައެވެ.

ސަރުކާރުން އެއާޕޯޓް އެޅުމަށް އިއުލާނުކޮށްފައިވާ ރަށްތަކަކީ ށ. ބިލެތްފަހި، ބ. ތުޅާދު، ތ. ވިލުފުށި، ފ.މަގޫދޫ، ހދ. މަކުނުދޫ އެވެ. މީގެ އިތުރުން ރ އަތޮޅު ދެކުން އޮންނަ ރަށެއްގައިވެސް އެއަރޕޯޓެއް އެޅުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މިހާރުވެސް އޮޕަރޭޓްކުރާ 2 އެއަރޕޯޓެއް އޮވެފަ، އަލިފުށިގައިވެސް އެއަރޕޯޓެއް މިހާރު ތަރައްގީ ކުރަމުންދާ ރ. އަތޮޅުގައި އަޅަން ނިންމާފައިވާ މި އެއަރޕޯޓު އެޅުމަށް ހަމަޖެހިފައިވާ ރަށުގެ ނަން ސަރުކާރުން ހާމަ ހާމަކޮށްފައެއް ނުވެއެވެ.

މި ރަށްތަކުގައި އެއާޕޯޓް ހެދުމަށް މީގެ ކުރިން ސަރުކާރުންވަނީ އެހެން ކުންފުންޏަކާއެކުވެސް އެއްބަސްވުމެއް ހަދާފައެވެ. މިގޮތުން ފާއިތުވެދިޔަ މަހު ދެކުނު ދުނި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއެކު ވެސް ފައިނޭންސިން އެއްބަސްވުމެއް ހަދާފައިވާއިރި، އިތުރު ކުންފުންޏަކާއެކުވެސް ފައިނޭންސް ހޯދުމަށް ޕްލޭނިން މިނިސްޓްރީން ވަނީ އެއްބަސްވުމެއް ހަދާފައެވެ. އެހެންނަމަވެސް މި ދެ ކުންފުނިން ފައިނޭންސް ހޯދާނެ ރަށްތަކެއް ސަރުކާރުން އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

ސަރުކާރުން ވަނީ މި އެއަރޕޯޓުތައް އެޅުމަށް ހިގާނެ ޚަރަދުތައް ލަފާކޮށް އާންމުވެސް ކޮށްފައެވެ. އެއީ، މަކުނުދޫ އެއާޕޯޓަށް 23.3 މިލިއަން ޑޮލަރު، ބިލެތްފަހި އެއާޕޯޓަށް 23.6 މިލިއަން ޑޮލަރު، ތުޅާދޫ އެއާޕޯޓަށް 21.9 މިލިއަން ޑޮލަރު، ވިލުފުށި އެއާޕޯޓަށް 33.3 މިލިއަން ޑޮލަރު އަދި މަގޫދޫ އެއާޕޯޓަށް 8.2 މިލިއަން ޑޮލަރުގެ އިތުރުން ރ. އަތޮޅު ދެކުނު ދެކުނުގައި އޮންނަ ރަށެއްގައި އެއަރޕޯތު އެޅުމަށް ށް 23.6 މިލިއަން ޑޮލަރުގެ ޚަރަދުވާނޭކަމަށް ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.