"ޝެހެޒާދާ" ގެ ޓީޒާއެއް ދައްކައިލައިފި

"ޝެހެޒާދާ" ގެ ޓީޒާއެއް ދައްކައިލައިފި

ޒުވާން ތަރި ކާތިކް އާރިއަން އަށް 32 އަހަރު ފުރުމާ ދިމާކޮށް އޭނަގެ ފިލްމު "ޝެހެޒާދާ" ގެ ޓީޒާއެއް ހަދިޔާއެއްގެ ގޮތުގައި ފޭނުންނަށް ދޫކޮށްލައިފި އެވެ.

އަންނަ އަހަރުގެ ފެބުރުވަރީ 10 ވަނަ ދުވަހަށް ރިލީޒް ކުރުމަށް ތާވަލް ކޮށްފައިވާ މި ފިލްމް އަކީ ކުރިން މިމަހުގައި ރިލީޒް ކުރުމަށް ތާވަލް ކޮށްފައިވާ ފިލްމްއެކެވެ. ފިލްމަކީ އެކްޓަރު ވަރުން ދަވަންގެ ބޭބެ ރޯހިތު ދަވަންގެ ތިން ވަނަ ޑައިރެކްޝަނެވެ. ދެހާސް އެގާރައިގެ "ދޭސީ ބޯއިސް" އިން ޑައިރެކްޝަނަށް ނުކުތް ރޯހިތު އެންމެ ފަހުން ގެނެސްދިނީ ވަރޫން އާއި ޖޯން އަބްރަހަމް ކުޅުނު 2016 ގެ "ޑިޝޫމް" އެވެ.

 

View this post on Instagram

 

A post shared by KARTIK AARYAN (@kartikaaryan)

 

މީގެ ހަތަރު އަހަރު ކުރިން ނެރުނު ފިލްމު "ސޯނޫ ކޭ ޓިޓޫ ކީ ސްވީޓީ" ގެ ކާމިޔާބާއެކު ވިދައިލި ކާތިކްގެ ކުރިއަށް އޮތް ފިލްމަކީ 2020 ގައި ރިލީޒްކުރި ތެލޫގޫ ފިލްމު "އާލާ ވައިކުންތަޕުއްރަމުލޫ"ގެ ރިމޭކު "ޝެހެޒާދާ" އެވެ.

"ޝެހެޒާދާ" ގައި ކާތިކާ އެކުގައި ފެނިގެން ދާނީ ކްރިތީ ސެނޮން އެވެ. މިއީ.މި ދެތަރިން އެކުގައި ކުޅޭ ދެވަނަ ފިލްމެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.