އިންޑިއާގެ ލެޖެންޑަރީ ލަވަކިޔުންތެރިޔާ އާޝާ ބޯސްލޭ އާލާސްކަންފުޅާ އުޅުއްވާތީ މުމްބާއީގެ ބްރީޗް ކެންޑީ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދޭން ފަށައިފިއެވެ.
އުމުރުން 92 އަހަރުގެ އާޝާ އިއްޔެގެ ވަގުތެއްގައި ހޮސްޕިޓަލުގައި އެޑްމިޓްކުރި ނަމަވެސް، އޭނާގެ ސިއްހީ ހާލަތާ ގުޅޭގޮތުން އާއިލާއިން އަދި ވަކި ތަފްސީލެއް މީޑިއާއަށް ހާމަކޮށްފައެއް ނުވެއެވެ.
އިންޑިއާގެ މިއުޒިކީ ދާއިރާއަށް ނުހަނު ބޮޑެތި ހިދުމަތްތަކެއް ކޮށްދީފައިވާ އާޝާ ވަނީ އެތައް ހާސް ފިލްމަކަށް ތަފާތު އެކި ބަސްބަހުން ލަވަ ކިޔައިދީފައެވެ. އޭނާގެ ހިތްގައިމު އަޑުން ކިޔައިދީފައިވާ ލަވަތަކަށް އެތައް ހާސް ބައެއްގެ ބޮޑު މަގުބޫލުކަމަކާއި ލޯތްބެއް ވަނީ ލިބިގެން ގޮސްފައެވެ.
އާޝާގެ ކާމިޔާބު ކެރިއަރުގައި ފިލްމު "އުމްރާއޯ ޖާން" އާއި "އިޖާޒަތު" އިން އެންމެ މޮޅު އަންހެން ލަވަކިޔުންތެރިޔާގެ މަގާމު ހޯދިއިރު، އޭނާއަށް ވަނީ ގައުމީ ފިލްމު އެވޯޑާއި ލައިފްޓައިމް އެޗީވްމަންޓް އެވޯޑުވެސް ލިބިފައެވެ. މީގެ އިތުރުން އިންޑިއާ ސަރުކާރުން ދޭ އެންމެ ޝަރަފުވެރި އެވޯޑުތަކުގެ ތެރޭގައި ހިމެނޭ ޕަދްމާ ޝްރީ 1997 ވަނަ އަހަރު، ޕަދްމާ ވިބޫޝަން 2008 ވަނަ އަހަރު އަދި ދާދާސާހެބް ފާލްކޭ އެވޯޑް 2000 ވަނަ އަހަރު އޭނާ ވަނީ ހާސިލުކޮށްފައެވެ.
ކޮމެންޓު ފޮނުވާ