ތުރުކީއަށް ބާރުގަދަ ބިންހެލުމެއް އައިސް ސުނާމީގެ އިންޒާރު ނެރެފި

ތުރުކީއަށް ބާރުގަދަ ބިންހެލުމެއް އައިސް ސުނާމީގެ އިންޒާރު ނެރެފި

ތުރުކީގެ ހުޅަނގުގެ ސަރަހައްދަށް ބާރުމިނުން 6 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސް ސުނާމީގެ އިންޒާރު ނެރެފިއެވެ.

މި ބިންހެލުން އައިސްފައިވަނީ، ތުރުކީގެ ހުޅަނގުން، ވެރިރަށް އިންތަންބޫލްއައި 175 ކިލޯ މީޓަރު ދުރުގައި އޮންނަ ޑޫޒް ސިޓީއަށެވެ. ބިންހެލުން އަސްފައިވަނީ އަންގާރަ ދުވަހުގެ ރޭގެ، ތުރުކީގެ ގަޑިން މެންދަމު 4:08ގައެވެ. ޔޫރަޕިއަން މެޑިޓެރޭނިއަން ސެއިސްމޮލޮޖިކަލް ސެންޓަރ (EMSC) އިން ހާމަކޮށްފައިވާ ގޮތުގައި މި ބިންހެލުން އައިސްފައިވަނީ ބިމުގެ ސަތަހައިން 2 ކިލޯމީޓަރު ފުނަށެވެ.

މި ބިންހެލުމާއި ގުޅިގެން އިންޑަޕެންޑެންޓް ސައިންޓިފިކް އޯގަނިޒޭޝަންއިނެއް ކަމުގައިވާ EMSCއިން ވަނީ ސުނާމީގެ ރަސްމީ އިންޒާރު ނެރުމަށްފަހު، ބިންހެލުން އައި ސަރަހައްދުތަކުގައި ދިރިއުޅެމުންދާ މީހުން އުސް ސަރަހައްދުތަކަށް ދިއުމަށް އިލްތިމާސް ކޮށްފައެވެ.

އަސްސޭރިފަށުގައި ދިރިއުޅޭ ފަރާތްތަކުން ވީހާވެސް އަވަހަކަށް އުސް ސަރަހައްދުތަކަށް ދިއުމަށް އިލްތިމާސް ކުރަން. ގައުމީ އިދާރާތަކުން ދޭ އިރުޝާދުތަކަށް އަމަލު ކުރައްވާ.

ޔޫރަޕިއަން މެޑިޓެރޭނިއަން ސެއިސްމޮލޮޖިކަލް ސެންޓަރ (EMSC) ކޮށްފައިވާ ޓުވީޓެއްގައި ބުނެފައި ވެއެވެ.

ބައެއް މީހުން ޓުވީޓު ކޮށްފައިވާ ގޮތުގައި މި ބިންހެލުމުގެ އަސަރު، ތުރުކީގެ ވެރިރަށް އިސްތަމްބޫލްގެ އެންމެ ބޮޑު ރަށް ކަމުގައިވާ އަންކާރާއަށްވެސް ކޮށްފައި ވެއެވެ.

މި ބިންހެލުމުގެ އެ ޕިސެންޓަރ (ބިންހެލުން އުފުދުނި ހިސާބު) ހުރެފައިވަނީ ބިންހެލުން އައި ސިޓީ ކަމުގައިވާ ޑޫޒް ސިޓީގެ ހުޅަނގުން، ބްލެކް ސީގެ އައްސޭރިފަށުން 12 ކިލޯމީޓަރު ގައެވެ.

އެހެންނަމަވެސް، ޔޫރަޕިއަން މެޑިޓެރޭނިއަން ސެއިސްމޮލޮޖިކަލް ސެންޓަރ (EMSC) އިން ބުނެފައިވާ ގޮތުގައި ބިންހެލުމުގެ އަސަރު ތުރުކީގެ މެދުތެރޭ ސަރަހައްދުތަކަށް ކޮށް، އިމާރާތްތަކަށް ވަނީ ގެއްލުން ލިބިފައެވެ. އަދި ބުނެފައިވަނީ މިއީ ފާއިތުވެދިޔަ 56 ގަޑިއިރުތެރޭ ތުރުކީގެ ހުޅަނގަށް އައިސްފައިވާ ތިވަނަ ބިންހެލުން ކަމުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *