ބޮލީވުޑް ތަރި ސައިފް އަލީ ހާންގެ ދޮށީ ފިރިހެން ދަރި އިބްރާހިމް އަލީ ހާން ބޮލީވުޑަށް ތައާރަފް ކުރަން ކަރަން ޖޯހަރު ތައްޔާރުވެއްޖެއެވެ.
އިބްރަހިމް އަކީ ސައިފް އާއި އޭނާގެ ކުރީގެ އަނބިމީހާ ބަތަލާ އަމްރިތާ ސިންގް ގެ ދެދަރިންގެ ތެރެއިން ފިރިހެން ކުއްޖާއެވެ. އަދި އެމީޙުންގެ އަންހެން ދަރި ސާރާ އަލީ ހާން އަކީ މިހާރު ބޮލީވުޑްގައި ނަން ހިނގާ ސްޓާރެކެވެ.
އިބްރާހިމް ބޮލީވުޑަށް ނުކުންނަނީ ބޮލީވުޑް ފިލްމް ޑައިރެކްޓަރު ކަރަން ޖޯހަރްގެ "ދަރްމާ" ޕްރޮޑަކްޝަން އިން އުފައްދާ އަދި ބޯމަން އިރާނީގެ ދަރިފުޅު ކަޔޯޒާ އިރާނީ ޑައިރެކްޓްކުރާ ފިލްމަކުންނެވެ. ދަރްމާ ޕްރޮޑަކްޝަންސްގެ އޯމްނިބަސް އަންކާހީ ދަސްތާން އިން އަންކަހީގެ ނަމުގައި ސެގްމަންޓް ވެސް ކަޔޯޒޭ ޑައިރެކްޓްކުރިއެވެ.\
މި ފިލްމް އަންނަ އަހަރު ސިނާމަތަކަށް އަންނާނެ ކަމަށް ރިޕޯޓުތަކުން ބުނެ އެވެ. ނަމަވެސް މި ފިލްމު ދައްކާނީ ކަރަން ޑައިރެކްޓް ކުރާ އާލިއާ ބަޓް އާއި ރަންވީރު ސިންގް ލީޑް ރޯލުން ފެންނަ ފިލްމު "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ރިލީޒް ކުރުމަށް ފަހުއެވެ. ސަަބަބަކީ އިބްރާހީމަކީ ކަރަން ޖޯހަރު ޑައިރެކްޓް ކުރާ ފިލްމް "ރޮކީ އޯރް ރާނީ ކޭ ޕްރޭމް ކަހާނީ"ގެ އެސިސްޓެންޓް ޑައިރެކްޓަރެވެ.
ސައިފްގެ ދޮށީ ދަރިފުޅު ސާރާ އަލީ ހާން ވަނީ ބޮލީވުޑް ފިލްމް "ކެދަރްނާތު" އިން 2008 ވަނަ ބޮލީވުޑަށް ތައާރަފް ވެފަ އެވެ. އަނެއްކޮޅުން ސައިފް އެންމެ ފަހުން އޭނާ ފެނިގެން ދިޔައީ ފިލްމް "ވިކްރަމް ވެދާ" އިން ނެވެ.
ކޮމެންޓު ފޮނުވާ