ޔާމިންގެ ޝަރީއަތް މާދަމާވެސް ކުރިޔަށް ދާނެ

ޔާމިންގެ ޝަރީއަތް މާދަމާވެސް ކުރިޔަށް ދާނެ

Author
ހުސެއިން
20 ނޮވެމްބަރ 2022 06:21
0

މިހާރު ކުރިޔަށްދާ، ވ. އާރަށް ކުއްޔަށް ދީގެން ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ޚިޔާނާތްތެރިވިކަމުގެ ތުހުމަތުގައި ރައީސް ޔާމީނާއި ދެކޮޅަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރކުރުމާއި ރިޝްވަތު ޤަބޫލުކުރިކަމުގެ ކުށުގެ ދައުވާގެ ޝަރީއަތުގެ މަޖިސްއެއް މާދަމާވެސް ބޭއްވުމަށް ތާވަލް ކޮށްފިއެވެ.

މި ޝަރީއަތުގައި މިހާރު ކުރިޔަށް ގެންދަނީ ދެފަރާތުންވެސް ހެއްކާ ބެހޭގޮތުން ވާހަކަ ދެއްކުމެވެ. މިގޮތުން ފާއިތުވެދިޔަ އޮކްޓޯބަރުމަހު ޝަރީއަތުގައި ހެކު ހުށަހެޅުން ނިމުމަކަށް އައުމަށްފަހު ހެއްކާއި ބެހޭގޮތުން ވާހަކަ ދެއްކުމަށް ބޭއްވުނު ފުރަތަމަ އަޑުއެހުން ބޭއްވުނީ ފާއިތުވެދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުއެވެ. އެދުވަހު އަޑުއެހުމުގައި ޝަރީއަތުންވަނީ، ޔާމިންގެ ދިފާއުގައި ހެކިބަސް ދިން ފަރާތްތަކުގެ ހެކިބަސް ނަފީކުރުމުގެ ގޮތުން ދައުލަތުން ހުށަހެޅި އާ ލިޔުންތައް ޝަރީއަތަށް ބަލައިގަތުމަށް ނިންމާފައެވެ.

އެހެންނަމަވެސް ދިފާއީ ވަކީލުންވަނީ ހެކިބަސް ނަގާ ނިންމާފައިވަނިކޮށް އާ ހެކިތަކެއް ޝަރީއަތުން ބަލައި ނުގަތުމަށް އެދިފައެވެ.

ފާއިތުވެދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ދައުލަތުގެ ފަރާތުން ހެއްކާބެހޭގޮތުން ވާހަކަ ދެއްކުން ނިންމާ މިހާރު ކުރިޔަށްދަނީ ދިފާއީ ވަކީލުންގެ ފަރާތުން ހެއްކާ ބެހޭގޮތުން ވާހަކަ ދެއްކުމެވެ.

ޝަރީއަތުގެ މި މަރުހަލާގައި ހެއްކާއި ބެހޭގޮތުން އިތުރު ލިޔުންތަކެއް ހުށަހެޅިގެން ނުވާނެކަމަށް ދިފާއީ ވަކީލުން ބުނަމުން ދިޔަނަމަވެސް، ދިފާއީ ހެކިންގެ ހެކިބަސް ނަފީ ކުރުމަށް ދައުތުން ހުށަހެޅި ލިޔުންތައް ބަލައިގަތުމަށް ގާޒީ ނިންމުމާއި ގުޅިގެން ދައުލަތުން ވަނީ މިހާރު ކުރިޔަށްދާ މަރުހަލާގައި ދިފާއީ ހެކިން ޝަރީއަތުގައި މަޖިލިހުގައި ދީފައިވަ ހެކިބަސް ނަފީ ކުރުމުގެ ގޮތުން ގިނަ ވާހަކަަތައް ދައްކަވާފައެވެ.

މިގޮތުން ޔާމިންގެ ދިފާއުގައި ހެކިބަސް ދިން ފަރާތްތަކުގެ ދިން ހެކިބަސް ނަފީކުރުމަށް ދައުލަތުން ދެއްކެވި ވާހަކަތަކުގައި ތެރޭގައި ވަނީ ދިފާއީ ހެކިން ކަމުގައިވާ އަހުމަދު ނަރީޝްއާއި އަބުދުﷲ ރަޝީދު ދެއްވާފައިވާ ހެކިބަހުގައި ހުރި ބޮޑެތި ފުށުއެރުންތައް ފާހަގަ ކޮށްފައެވެ.

އަދި އޭގެ އިތުރުން ޔާމިންގެ ދިފާއުގައި ހެކިބަސް ދީފައިވާ ކުރީގެ ދެ ވަޒީރުން ކަމުގައިވާ މުހައްމަދު ސައީދާއި އަހުމަދު ޒުހޫރުގެ ހެކިބަސް ނަފީކުރުމަށްވެސް ދައުލަތުންވަނީ ގިނަ ލިޔުންތަކެއް ޝަރީއަތުގެ މަޖިލީހަށް ހުސަހަޅާފައެ.

އެމްއެމްޕީއާރުސީގެ މައްސަލާގައި މީގެ ކުރިން ޔާމީންގެ މައްޗަށް ކުރި ދައުވާގައި ސުޕްރީމް ކޯޓު މަރުހަލާއިން ޔާމިންވަނީ މިނިވަން ވެފައެވެ.

މައްސަލަ ބައްލަވާ ގާޒީ ވިދާޅުވެފައިވަނީ މަސައްކަތް ކުރައްވަނީ މިއަހަރު ނިމުމުގެ ކުރިން ހުކުމާ ހަމައަށް ވާސިލުވުމަށް ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.