"ޤައުމީ ބިލިއާޑް ޗެމްޕިއަންޝިޕް 2022″ ގެ ތަށި ދިވެހި ސިފައިންގެ ކުލަބަށް

"ޤައުމީ ބިލިއާޑް ޗެމްޕިއަންޝިޕް 2022″ ގެ ތަށި ދިވެހި ސިފައިންގެ ކުލަބަށް

Author
ޢަލީ އާދަމް
20 ނޮވެމްބަރ 2022 08:45
0

އެންމެ ފަހުގެ ޗެމްޕިއަނުން ބަލިކޮށް، "ޤައުމީ ބިލިއާޑް ޗެމްޕިއަންޝިޕް 2022″ ގެ ތަށި، ދިވެހި ސިފައިންގެ ކުލަބުން އުފުލާލައިފިއެވެ.

ދިވެހި ސިފައިންގެ ކުލަބުން މި މުބާރާތުގެ ތަށި އުފުލާލާފައި ވަނީ، ރޭ ކުޅުނު ފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން ކްލަބު އީގަލްސް ބަލިކޮށްފައެވެ.
ނޭޝަނަލް ބިލިއާޑް ސެންޓަރުގައި ކުރިއަށް ދިޔަ ފޯރިގަދަ ފައިނަލް މެޗު، ދިވެހި ސިފައިންގެ ކުލަބުން ކާމިޔާބުކޮށް، މުބާރާތުގެ ޗެމްޕިއަންކަން ހޯދީ 3-2 ޓޭބަލުންނެވެ.

ފައިނަލް މެޗަށްފަހު މުބާރާތުގެ ޗެމްޕިއަން ޓީމަށް ތަށްޓާއި މެޑަލި ހަވާލުކޮށްދެއްވީ ފައިނަލް މެޗުގެ ޝަރަފުވެރި މެހެމާން ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާގެ ނާޢިބު، ފައިސަލް ނަސީމެވެ.

މި މަހުގެ ތިންވަނަ ދުވަހުން ފެށިގެން ކުރިއަށްދިޔަ މި މުބާރާތަކީ ޤައުމީ ބިލިއާޑް ޗެމްޕިއަންޝިޕްގެ ދެވަނަ މުބާރާތެވެ. މި މުބާރާތް ދިވެހި ސިފައިންގެ ކުލަބުން ކާމިޔާބު ކުރި މިއީ ފުރަތަމަ ފަހަރެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.