އެމްޑީޕިއަށް ރައްޔިތުންގެ އިތުބާރެއް ނެތް: ސިފާ

އެމްޑީޕިއަށް ރައްޔިތުންގެ އިތުބާރެއް ނެތް: ސިފާ

Author
ހުސެއިން
19 ނޮވެމްބަރ 2022 07:32
0

އެމްޑީޕީއަށް ރައްޔިތުންގެ އިތުބާރެއް ނެތްކަމަށް މާލޭ ސިޓީގެ ކުރީގެ މޭޔަރު އަދި އެމްޑީޕީގެ ނަޝިދު ފެކްޝަނަށް ނިސްބަތްވާ އެޕާޓީގެ އިސް އެކްޓިވިސްޓެއް ކަމަށްވާ ސިފާ މުހައްމަދު ވިދާޅު ވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ، މިސަރުކާރުން ހުށަހެޅި 5.8 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓްގެ ތަފްސީލު ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލިހަށް ދީފައި ނުވާކަމަށް ވިދާޅުވެ، އަދި އެ ތަފްސީލު ނުދިނުމަކީ އެމްޑީޕީގެ އިތުބާރު ގެއްލިގެންދާނެ ކަމެއް ކަމަށް ވިދާޅުވެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ކުރެއްވި ޓުވީޓަކަށް ކުރެއްވި ކޮމެންޓެއްގައެވެ. ސިފާ ވިދާޅުވެފައިވަނީ އެމްޑީޕީއަށް ރައްޔިތުން މިހާރު އިތުބާރު ނުކުރާ ކަމަށާއި، އެއީ ކޯލިޝަން ޕާޓްނަރުން ބޭނުންވި ގޮތް ކަމުގައެވެ.

އަދި އޭނާ އިތުރަށް ވިދާޅުވީ ކޯލިޝަން ޕާޓްނަރުންނާއެކު ވެވިފައި އޮތް އެގްރީމަންޓުގެ މަގުސަދަކީ އެމްޑީޕީ ފުޑާލުން ކަމަށާއި، ޕާޓީގެ ދުވަސް ދުއްވާލުން ކަމަށެވެ.

އެމްޑީޕީގެ އެތެރޭގައި އުފެދިފައިވާ ކޯޅުންތަކުގައި އެޕާޓީގެ މެމްބަރުން ދަނީ ސޯޝަލް މީޑިއާގައި އެއްބަޔަކު އަނެއް ބަޔަކަށް ވަނަމުން މުޚާތަބްކޮށް، ވަގަށް ގޮވާ، އެއްބަޔަކު އަނެއް ބަޔަކަށް ޒުވާބު ދެމުންނެވެ.

އެމްޑީޕީ ބައިބައިވެ ދެ ފެކްޝަނަކަށް ބެހިގެން ގޮސްފައިވަނީ ޕާޓީގެ އެންމެ އިސް ދެބޭފުޅުންގެ މެދުގައި އުފެދުނު ސިޔާސީ ޚިޔާލުތަފާތުވުންތަކާއި ގުޅިގެންނެވެ. މި ޚިޔާލު ތަފާތުވުންތަކަށް ހައްލު ނުހޯދު، އެމްޑިޕީގެ މަޖިލިސް މެމްބަރުންގެ އިތުރުން، ޕާޓީގެ އެހެން އިސް ބޭފުޅުންވެސް ވަނީ ދެ ލީޑަރުން މެދުގައި ބެހިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ކ ކައިދާ
ކުރީގަވެސް ރައްޔިތުން އިތުބާރެއް ނުކުރޭ ރައްޔިތުންގެ ތެރެއިން ބަޔަކު އިތުބާރު ކުރަނީ އެބަޔަކު މިހާރުވެސް އިތުބާރު ކުރާހެން ހީވަނީ.