ޝެހެނާޒް ގިލް އަކީ މިހާރު އިންޑިއާގެ ގިނަ ސެލެބްރިޓީންނާއި އެއްފަންތިއެއް ގައި ގުނާލެވޭ ވަރަށް ވެސް ހުނަރުވެރި ބަތަލާއެކެވެ. އޭނާ އަކީ އެކްޓިންގެ އިތުރުން ލަވަކިޔައި ވެސް އުޅޭ މީހެކެވެ.
ކަލާސް ޓީވީގެ ރިއަލިޓީ ޓިވީ ޝޯވ "ބިގް ބޮސް" ގައި ބެލުންތެރިންގެ މެދުގައި މަގުބޫލުކަން ހޯދި ބަތަލާ ޝެހެނާޒް ގިލް އަކީ މިއަދު ގިނަ ބައެއްގެ މެދުގައި ވަރަށް މަގުބޫލު ޝަހުސިއްޔަތެވެ. އޭނާގެ ތެދުވެރި ކަމާއި ވާހަކަ ދެއްކުމާއި، އެކްޓިންގެ ކުޅަދާނަކަށް ވަނީ ދައްކާލައިފައެވެ.
އެންމެ ގިނަ ބަޔަކަށް ކަމުދަނީ އޭނާގެ ވާހަކަ ދެއްކުމެވެ. އެއްވެސް ދެއްކުންތެރިކަމެއް ނެތް ވަރަށް ތެދުވެރި ހިތް ސާފު މަޖާ މީހެއްގެ ގޮތަށް ލޭބަލް ކުރެވިފައިވާ ޝެހެނާޒް އަކީ ހަގީގަތުގައިވެސް ގިނަ ބައެއްގެ ފޭވަރިޓްއެވެ.
ޝެހެނާޒް މިހާރު އަންނަނީ އޭނާގެ އަމިއްލަ ޔޫޓިއުބު ޗެނަލުން އާ ޗެޓް ޝޯއެއް "ދޭސީ ވައިބްސް"ގެ ނަމުގައި ގެނެސްދެމުންނެވެ. އެޝޯގެ އެންމެ ފުރަތަމަ މެހެމާނަކީ އިތުރު ތައާރަފަކަށް ބޭނުން ނުވާ ހުނަރުވެރި އެކްޓަރ ރާޖް ކުމާރު ރާއޯއެވެ.
މި ޝޯގައި ރާޖްކުމާރު ވަނީ އޭނާގެ ހަޔާތުގެ ވާހަކަތަކާއި ފިލްމީ ކެރިއަރުގެ ވާހަކަތައް އަދި މުސްތަގްބަލުގައި ދަރިން ހޯދުމާ ގުޅޭ ގޮތުން ވެސް ވާހަކަ ދައްކާފައެވެ. އެގޮތުން ދަރިންގެ ވާހަކަ ދައްކަމުން ގޮސް ރާޖް ބުނެފައިވަނީ އޭނާ ބޭނުވަނީ ޝެހެނާޒް ކަހަލަ އަންހެން ދަރިއެއް ކަމަށެވެ. އަދި ޝެހެނާޒްގެ ވާހަކަ ތަކަކީ އަޑުއަހައި ފޫހި ނުވާފަދަ ވާހަކަތަކެއް ކަމަށް ރާޖް ވަނީ ބުނެފައެވެ.
ބިގް ބޮސްގެ ގޭގައި ޝެހެނާޒް އުޅުނުއިރުއްސުރެ އޭނާގެ މަޖާ މިޒާޖު އެންމެންނަށް ވެސް ވަރަށް ގަޔާވާ ކަމަކަށް ވަނީ ވެފައިއެވެ. ބަތަލާއެއްގެ ގޮތުގައި ޝެހެނާޒް ބޮލީވުޑަށް ތައާރަފްވާނީ ސަލްމާން ޚާންގެ "ކިސީކާ ބާއީ ކިސީކީ ޖާން" އިންނެވެ. މި ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވަނީ 2023 ގައެވެ.