ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ނިމިގެންދިޔަ ހަތަރު އަހަރަކީ ހުރިހާ ރަށަކާ އެންމެހާ ރައްޔިތުންނަށް ހަމަހަމަ 4 އަހަރު ކަމުގައި ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީން ބުނެފިއެވެ.
ރައީސް ޞާލިހުގެ ސަރުކާރަށް ހަތަރު އަހަރު ފުރުމާއި ގުޅިގެން އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމުން ކަށަވަރު ކޮށްދޭ ޙައްޤު ތަކާ އޭގެ އަގުތަށް ދިވެހިރާއްޖެއިން ގެއްލެމުން ދިޔަ ރިޔާސީ ދައުރަކަށް ފަހު، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙަންމަދު ޞޯލިޙް ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުމަށްފަހު ކަށަވަރު ކޮށްދެއްވާފައިވާކަމަށެވެ.
2018ގެ ރިޔާސީ މެނިފެސްޓޯގެ ބޮޑު އިންސައްތަ ކާމިޔާބު ކުރެވޭ މަރުޙަލާ އަށް މި 4 އަހަރުން ވާޞިލު ވެވުނީ ހުރިހާ ރަށަކާ އެންމެހާ ރައްޔިތުންނަށް ހަމަހަމަ 4 އަހަރުގެ ގޮތުގައިކަން މިޕާޓީން ފާހަގަ ކުރަން.
– އެމްޑީޕީން ބުނެފައިވެއެވެ.
މެނިފެސްޓޯގައި ނެތް ކަމެއްގެ ގޮތުގައި ސަރުކާރުން ޙާޞިލު ކުރި އެންމެ ބޮޑުކާމިޔާބީ އަކީ ކޯވިޑް 19 ގެ އާލަމީ ބަލިމަޑު ކަމުން އަރައިގަތުމުގައި ނަމޫނާ ގައުމަކަށް ރާއްޖެ ވެގެން ދިޔަ ބޮޑު ކާމިޔާބީއެއްގެ ގޮތުގައިކަމަށް އެމްޑީޕީން ބުނެފައިވެއެވެ.
ބައިނަލް އަގްވާމީ ތަފާތު ގޮންޖެހުންތަކާ ހައްސާސް ޙާލަތު ތަކުގެ ތެރޭގައި ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތް ތަކުގެ މަޝްރޫޢުތަށް ހަމަހަމަ ކަމާއެކު މި 4 އަހަރު ރަށްތަކުގައި ހިންގިފައިވާކަމަށް އެޕާޓީން ވަނީ ބުނެފައެވެ. ކަރަންޓާ މަގާ ބަނދަރާ އުމްރާނީ ވަސީލަތްތަކާ ޞިއްޙީ ދާއިރާ އެހެން ހަރުފަތަކަށް އުފުލައި ދެވުނު ކަމަށާއި، ހުނަރާ ތަމްރީނާ ހިލޭ ޑިގްރީ މުޅިރާއްޖެއަށް ފަތުރާލެވި، ތައުލީމީ ދާއިރާ އަށް އިންގިލާބީ ހެޔޮ ބަދަލު ތަކެއް ގެނެވުނު ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ