ޢިމްރާން ވިދާޅުވީ، ހަށިވިއްކުން އާންމުވެފައިވާކަމަށް، ނަމަވެސް ޢަދާލަތު ހިމޭނުން

ޢިމްރާން ވިދާޅުވީ، ހަށިވިއްކުން އާންމުވެފައިވާކަމަށް، ނަމަވެސް ޢަދާލަތު ހިމޭނުން

Author
މުޙައްމަދު ޖިމީ
17 ނޮވެމްބަރ 2022 11:11
0

ސަރުކާރުގެ 4 އަހަރު ހަށިވިއްކުން އާންމުވެފައިވާކަމަށް އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވިއިރު، އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ އަދާލަތު ޕާޓީ ހިމޭނުން އޮތުމުން، ބައެއް ޢިލްމުވެރިން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

އިއްޔެ ހޯމް މިނިސްޓްރީން ބޭއްވި ޕްރެސް ކޮންފަރެންސްގައި މިނިސްޓަރ ޢިމްރާން ވަނީ ކޯވިޑަށް ފަހު ހަށިވިއްކުން ޢާންމުވެފައިވާކަމަށް ވިދާޅުވެފައެވެ.

މިކަމާއި ގުޅިގެން އަދާލަތު ޕާޓީގައި އިސްކޮށް ކުރިން އުޅުއްވި އަދި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ މިކަންކަމާމެދު އަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލިސް ހަމަހިމޭންވެ އޮތުމާމެދު އިންތިހާއަށް ކަންބޮޑުވެވަޑައިގަންނަވާކަމަށެވެ.

ހަނދާނަށް އަންނަނީ އަދާލަތު އުފެއްދުމަށްފަހު އޭރުގެ ރައީސްއާއި އެކު ބޭއްވި ފުރަތަމަ ބައްދަލުވުން. އޭގަ ޕާޓީން އެދިފައިވާނީ މާލޭގައި ހުރި މިފަދަ ތަންތަން ބަންދުކުރަން.

– ޢިމްރާން ވިދާޅުވިއެވެ.

ޝަހީމް މިފަދައިން ކަންބޮޑުވުން ފާޅުކުރައްވާފައިވާއިރު، އަދާލަތު ޕާޓީއަކީ ރާއްޖޭގައި އިސްލާމް ދީން ހިމާޔަތްކޮށް، އިސްލާމްދީނުގެ ވަހުދަތު ވަރުގަދަކުރުމަށް އުފެއްދި ޕާޓީއެކެވެ. އަދި ދިވެހިރާއްޖޭގައި އިސްލާމީ ވަންތަކަމާއި ދިވެހިވަންތަކަން ހަރުދަނާކޮށް ދެމެހެއްޓުނމަކީ އެންމެ މުހިންމު އަސާސްކަމަށްވެސް އެޕާޓީން ބުނެއެވެ.

ނަމަވެސް އިސްލާމްދީނާއި ޚިލާފް ގިނަ ކަންތައްތަކެއް ފާޅުގައި ހިންގަމުން ދިޔަނަމަވެސް، އެޕާޓީ ހިމޭނުން އޮންނާތީ ގިނަބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.