ޝަމްވީލް ގެ "ލަކުނެއް ކަލާ މޫނުގައި" ވަރަށް ސަޅި

ޝަމްވީލް ގެ "ލަކުނެއް ކަލާ މޫނުގައި" ވަރަށް ސަޅި

Author
ފާތިމަތު ނާވީ
18 ނޮވެމްބަރ 2022 02:05
0

މޯލްޑިވިއަން އައިޑޮލްގެ ދެވަނަ ސީޒަނުން އާންމުންގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދި ލަވަކިޔުންތެރިޔާ ޝަމްވީލް މުހައްމަދު (ބަރޯ) ގެ އެންމެ ފަހުގެ ލަވަ ""ލަކުނެއް ކަލާ މޫނުގައި" ރިމޭކަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ.

ވީޑީއޯ އާއި އެކުގައި ނެރެފައިވާ މި ލަވަ ބެލުންތެރިން ގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދަމުން އަންނަ އިރުގައި، ޝަމްވީލަށް އަށް ވެސް އަންނަނީ ގިނަ ބައެއްގެ ތައުރީފް ލިބެމުނެނެވެ.

މިދިޔަ މަހުގެ 22 ވަނަ ދުވަހު ސައުންޑް ކްލައުޑަށް ނެރުނު އެ ލަވަ މިހާތަނަށް 110،000 އަށް ވުރެ ގިނަ މީހުން ވަނީ އަޑުއަހައިފައިއެވެ. އަދި ލަވައިގެ މަގުބޫލު ކަމާއި އެކުގައި މިދިއަ  ހުކުރު ދުވަހު ޔޫޓިއުބުން ވަނީ މީގެ ވީޑީއޯ ލަވައެއް ނެރެފައިއެވެ. ޝަމްވީލް ކުޅެފައިވާ މި ވީޑިއޯ ލަވަ މިހާތަނަށް 36،000 މީހުންވަނީ ބަލައިފައިއެވެ.

ލަވައިގެ ރެކޯޑިން އަދި ޕްރޮޑަކްޝަން މެނޭޖުކޮށްފައި ވަނީ "ޔެލޯ ސްޓޫޑިއޯ" އިންނެވެ. ވީޑިއޯ ލަވައިގައި ފެންނަ މަންޒަރުތަކާއި ނެށުންތައް ޑައިރެކްޓުކޮށް އަދި ލަވައިގެ ވީޑިއޯ ނަގައި، އެޑިޓިންގެ މަސައްކަތް ކޮށްފައި ވަނީ ރާއްޖޭގެ ޑިޖިޓަލް ކްރިއޭޓަރެއް ކަމަށްވާ ރިޒާ (ޒާރިއޯ) އެވެ.

ނަވާރަސަތޭކަ ފަންސާހުގެ އަހަރުތަކުގައި ނިކުތް ހިންދީ ލަވަ، "އާޖާ ސަނަމް މަދުރި ޗާންދް" ގެ ރާގަށް، އިހުގެ ނައިފަރު ލަވަކިއުންތެރިޔާ ކަންޗި ކިޔާފައިވާ "ލަކުނެއް ކަލާ މޫނުގައި" މި ލަވަ މިޒަމާނަށް ފައްތައިގެން މިޒަމާނާ އެއްގޮތަށް ގެނެސްދީފައިވަނީ ވަރަށް ވެސް ފުރިހަމަ އަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ި ިއަންޑާ ޓޭކެރް
ރަންގަޅު ވާހަކަޔެއް 3ނ3ނ ބަނޑިޔާ ކަހަލަ ލަވަތައް ދޯ.
S Shamweel
Salhi vanee copy lavayaa remake aa ekani dho. Dhivehi artistun ethah masahkatheh kohggen original kithanme lavaeh nerunas mihen habareh naaruvaa