ޖެނިފާ އެނިސްޓަންގެ ބައްޕަ މަރުވެއްޖެ

ޖެނިފާ އެނިސްޓަންގެ ބައްޕަ މަރުވެއްޖެ

Author
ފާތިމަތު ނާވީ
17 ނޮވެމްބަރ 2022 06:19
0

ހޮލީވުޑް މަޝްހޫރު ބަތަލާ ޖެނިފާ އެނިސްޓަންގެ ބައްޕަ ޖޯން އެނިސްޓަން މަރުވެއްޖެއެވެ. އެންބީސީގެ "ޑޭސް އޮފް އަވަ ލައިވްސް" ގެ ތަރި މަރުވި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ.

ސޯޝަލް މީޑީއާގައި ޖެނިފާ ވަނީ އޭނާ ބައްޕަ މަރުވެފައިވާކަން އިއުލާން ކޮށްފައިއެވެ. މި ޕޯސްޓުގައި ޖެނިފާ ބުނީ އޭނާގެ ބައްޕަ މަރުވީ މި މަހުގެ 11 ވަނަ ދުވަހު ކަމަށެވެ. އަދި ބައްޕައާއެކު ނަގާފައިވާ އެކި އުމުރުގެ ބައެއް ފޮޓޯތައްވެސް ޖެނިފާ ވަނީ އެ ޕޯސްޓާއިއެކު ދޫކޮށްލާފައެވެ.

 

View this post on Instagram

 

A post shared by Jennifer Aniston (@jenniferaniston)

89 އަހަރުގެ ޖޯންގެ މަރާއިއި އެކުގައި ހޮލީވުޑްގެ ގިނ ބަޔަކު އަންނަނީ ތައުޒިޔާ ކިޔައި މިސެޖު ކުރަމުންނެވެ. އޭގެތެރޭގައި ޖެނިފާ ލޮޕޭޒް، ރޭން ރެނޯލްޑްސް، ގާލް ގެޑޮޓް، ލިލީ ކޮލިންސް، އަދި ޖެނިފާގެ ކުރީގެ ފިރިމީހާ ޖަސްޓިން ފަދަ ތަރިން ހިމެނެއެވެ.

"ޑޭސް އޮފް އަވަ ލައިވްސް" ގައި ޖޯންގެ އެންމެ ފަހުގެ ދުވަސްތައް ދައްކާނީ އަންނަ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ކަމަށް މީޑިއާތަކުން ރިޕޯޓުކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.