ބޮލީވުޑްގެ އޭ ލިސްތްގެ ތަރިންގެ ލިސްޓްގައި ހިމެނޭ ބޮލީވުޑްގެ ހުނަރުވެރި އެކްޓަރު އަކްޝޭ ކުމާރު އޭނާ ފިލްމް ކުޅޭ އަގު ކުޑަކުރުމަށް ބޭނުން ވާކަމަށް ބުނެފިއެވެ.
ބޮލީވުޑް ސިނަމާއަށް އައިސްގެން އުޅޭ ފަޅުކަމުގެ ސަބަބުން ފިލްމު އިންޑަސްޓްރީއަށް ލިބޭ މާލީ ގެއްލުމުން އަރައިގަނެ، އިންޑަސްޓްރީ 'ރީސްޓްރަކްޗާ' ކުރުމަށް އޭނާ ފިލްމް ކުޅެދޭ އަގު ކުޑަކުރަން ނިންމައިފައިވާ ކަމަށާއި. މިކަމުގެ ސަބަބުން ފިލްމް ޕްރޮޑިއުސަރުންނަށް ލިބޭ ގެއްލުން ކުޑަވާނެ ކަމަށް އުންމީދު ކުރާ ކަމަށް އޭނާ ވަނީ ބުނެފައިއެވެ.
އަކްޝޭ މި ބީދައިން ވާހަކަދައްކައިފައި މިވަނީ މިއަހަރު ރިލީޒް ކުރި އޭނާ ގެ ހުރިހާ ފިލްމް އެއްވެސް ފްލޮޕް ވެފައިވާ ދަނޑިވަޅެއްގައިއެވެ. އަދި އެކަމުގެ ޒިންމާ ނަގާކަމަށް މީގެ ކުރިން އިންޓަވިއުއެއްގައި އޭނާ ވަނީ ބުނެފައިއެވެ.
ކޮވިޑް-19ގެ ފަހުން ބޮލީވުޑު ފިލްމުތައް ބަލަން ސިނަމާއަށް ދާ މީހުންގެ އަދަދު ވަރަށް ބޮޑަށް ވަނީ މަދުވެފަ އެވެ. އެއާ އެކު ފިލްމުތަކުގެ އާމްދަނީ ދަށްވެ މާލީ ގޮތުން ބޮޑެތި ގެއްލުންތައް ވެސް ދަނީ ލިބެމުންނެވެ.
މިކަމާ ގުޅޭގޮތުން ހިންދުސްތާން ޓައިމްސް އިން އިންތިޒާމުކުރި ލީޑާޝިޕް ސަމިޓެއްގައި ވާހަކަދައްކަމުން އަކްޝޭ ބުނީ، ފިލްމީ އިންޑަސްޓްރީ ހިންގާގޮތް ވަރަށް ބޮޑަށް މިހާރު ބަދަލު ކުރަން ޖެހޭ ކަމަށެވެ. އޭނާ ބުނީ ފިލްމު ކުޅެދޭ އަގު %30-%40 އަށް ކުޑަކުރަން ވިސްނާ ކަމަށެވެ. ހަމަ އެއާއި ވިދިގެން އަކްޝޭ ބުނީ ފިލްމު އުފައްދާ މީހުން ވެސް ފިލްމު އުފައްދާ އިރު ހަރަދު ކުޑަކުރުމާއި، ތިއޭޓަރުތަކުން ވެސް އެމީހުން ނަގާ އަގު ކުޑަކުރަން ޖެހޭ ކަމަށް ގަބޫލު ކުރާ ކަމަށެވެ.
މި އަހަރު މިހާތަނަށް ރިލީޒް ކުރި އަކްޝޭގެ "ކަޓްޕުތުލީ" "ބައްޗަން ޕާންޑޭ" "ސަމްރާޓް ޕްރިތުވީރާޖް" ގެ އިތުރުން "ރަކްޝާބަންދަން" އަކީ ބޮޑެތި ފްލޮޕް ތަކެވެ. ނަމަވެސް ޑިޒްނީ ޕްލަސް ހޮޓްސްޓާ ޕްރީމިއާކުރި އަކްޝޭގެ "ރާމް ސެތޫ" އަކީ ކޮންމެވެސް ވަރަަކަށް ހިންގި ފިލްމްއެކެވެ. ނަމަވެސް އެފިލްްމ އަކީ ވެސް ފިނި ތަރުހީބެއް ލިބިގެން ދިއަ ފިލްމްއެކެވެ.