އެމްއެމްޕީއާރުސީ ފައިސާ ދިޔާކޮށް އުފުލި މީހުންނާއިއެކު އެވާހަކަ ދެއްކީމާ ހުތުރު: ނިހާދު

އެމްއެމްޕީއާރުސީ ފައިސާ ދިޔާކޮށް އުފުލި މީހުންނާއިއެކު އެވާހަކަ ދެއްކީމާ ހުތުރު: ނިހާދު

ގުޅުންހުރި

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ގެއިން އެމްއެމްޕީއާރުސީގެ ފައިސާކޮށް ދިޔާކޮށް ގެންދެވިކަމަށް ވިދާޅުވި މީހުން ކައިރީގައި ބައިތިއްބައިގެން އެވާހަކަ ދެއްކެވުން މާހުރުކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި، ރައީސް ނަޝީދުގެ މެދުގައި އުފެދިފައިވާ ޚިޔާލު ތަފާތުވުންތަކުގައި މަޖިލީހުގައި ހިމެނޭ އެމްޑީޕީގެ ގިނަ މެމްބަރުންގެ ތާއީދު އޮތީ ރައީސް ޞާލިހަށެވެ. ރައީސް ނަޝީދަށް ތާއީދު ކުރައްވާ ބޭފުޅުން އެންމެ ބޮޑަށް މިސަރުކާރަށް ކުރާ ތުހުމަތުތަކަކީ ކޮރަޕްޝަންގެ މައްސަލަތައް ނުބެލުމާއި، ގެއްލިފައިވާ މީހުންނާއި މަރާލެވިފައިވާ މީހުންގެ މައްސަލަތައް ނުބެލި އޮތް މައްސަލަތަކެވެ.

ކޮރަޕްޝަންގެ ތުހުމަތުތަކުގެ ތެރެއިން ރައީސް ނަޝީދަށް ތާއީދުކުރައްވާ މެމްބަރުން އެންމެ ބޮޑަށް ނަގާ އެއްމައްސަލައަކީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލައެވެ. މެމްބަރު ނިހާދު ވިދާޅުވީ އެމްއެމްޕީއާރުސީގެ މައްސަލައަކީ މިސަރުކާރުން ބަލައި ފިޔަވަޅު އަޅާނެ މައްސަލައެއްކަމަށެވެ. އެމްއެމްޕީއާރުސީގެ ފައިސާ ދިޔާކޮށް އުފުލި މީހުން ކައިރީގައި ބައިތިއްބައިގެން މިއަދު އެވާހަކަ ދައްކުން މާހުތުރު ކަމަށް ނިހާދު ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ ފައިސާ ބޮޑު އަދަދުން ދިޔާކޮށް އުފުލި މީހުން ދިފާއުކޮށް، ގޮވައިގެން ނިކުމެ އެމްއެމްޕީއާރުސީއޭ ކީމާ ލަދުގަނޭ! ރައީސް ޞާލިހުގެ ސަރުކާރުން އެމައްސަލަ ބަލާތީ ހުރަސް އެޅިޔަސް ގިނަ މައްސަލަތައްވީ ކޯޓުގަ! ބާކީ މައްސަލަތައް ތަރުތީބުން ދައުވާ ކުރެވޭ ހިސާބަށް އެބަދޭ.

– ނިހާދު ވިދާޅުވިއެވެ.

ނިހާދު އިޝާރާތް ކުރެއްވި މެމްބަރަކީ އެމްޑީޕީގެ ކުރީ ޕީޖީ ލީޑަރު އަލީ އާޒިމެވެ. އާޒިމަކީ އެމްއެމްޕީއާރުސީގެ ފައިސާ ލިބުނު މީހުންގެ ލިސްޓުގައި ނަންވެސް އޮތް މެމްބަރެކެވެ. އެމްއެމްޕީއާރުސީގެ މައްސަލައާއި ގުޅިގެން ކުރެވޭ ތުހުތުތަކަށް މީގެ ކުރިން ޖަވާބު ދެއްވަމުން އާޒިމް ވިދާޅުވެފައިވަނީ ކުރީގެ ނައިބް ރައީސް އަދީބުގެ ގެއިން ކޮތަޅަކަށް އަޅައިގެން ގެންދިޔައީ ޤާނޫނީ ގޮތުން މަނާނޫން ދިޔާ އެއްޗެއްކަމަށެވެ.

އެސެޓް ރީކަވަރީ ކޮމިޝަނުން ތައްޔާރު ކުރި ލިސްޓު ރައްޔިތުން މަޖިލީހުން އާންމުކޮށްފައިވާއިރު އޭގައި އާޒިމްގެ ނަންވެސް އޮތެވެ. އެއީ އަދީބްގެ އަތުން މިލިއަނަކަށް ވުރެ ގިނަ ފައިސާ ގެންދިޔަ ކަމަށް ހުސައިން ކިޔާ މީހަކު ދިން ބަޔާނަކާ ގުޅިގެން ކަމަށްވެއެވެ. ނަމަވެސް އާޒިމް ވަނީ އެ ތުހުމަތުތައް އިންކާރު ކުރައްވައިިފައެވެ. އަދި ހުސައިންގެ ބަޔާނުގައި ފާހަގަކުރެއްވި "އަލީ އާޒިމަކީ" އެހެން މީހަކަށްވުން ގާތް ކަމަށް އޭނާ ވިދާޅުވިއެވެ.

އާޒިމް ވިދާޅުވި ގޮތުން އޭނާ ވަނީ ހިޔާނާތުގެ ލިސްޓަށް ނަން އެރި ސަބަބު ހޯދުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެެވެ. އެގޮތުން އޭނާ ވިދާޅުވީ އަދީބުގެ ބަޔާނުގައި ހިޔާނާތުގެ އެއްވެސް ފައިސާއެއް އޭނާއަށް ދިން ކަމަށް ބުނެފައި ނުވާ ކަމަށެވެ. އަދި ހުސައިންގެ ބަޔާނާއި އަދީބްގެ ބަޔާނުގައި ފާހަގަކޮށްފައިވާ އެހެން ހުރިހާ ނުކުތާތަކެއް އެއްގޮތްވާ އިރު، "އަލީ އާޒިމް ކިޔާ މީހަކަށް ބޮޑު ތުހުމަތެއް ކޮށްފައި" ވުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށާއި، އެއީ އެ ނަން ކިޔާ އެހެން މީހަކަށްވުން ގާތް ކަމަށް ވިދާޅުވިއެވެ.

އަދީބާއި އާޒިމާ ދެމެދު ވާހަކަ ދެކެވުނު ކަމަށް ބުނާ ޓެކްސްޓް މެސެޖްތަކާއި ގުޅިގެން ވިދާޅުވީ އެއީ އަސްލު އެއްޗެއް ނޫން ކަމަށެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މަންފާ ލިބުނު 267 މީހުންގެ ލިސްޓެއް އޮތީ ކަމާބެހޭ އިދާރާތަކުން އެކުލަވާލައިފައެވެ. އެ ލިސްޓުގައި ރައްޔިތުންގެ މަޖިލީހުގައި މިހާރު ތިއްބެވި އެމްޑީޕީގެ ބައެއް މެމްބަރުންނާއި އޭގެ ކުރީގެ މަޖިލީހުގެ މެމްބަރުންނަށް ވެސް ތުހުމަތު ކުރެއެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ