ޑރ.ޝަހީމް އިސްކޮށް ހުންވައިގެން އަރަބިބަސް ކިޔަވައިދޭ މަޝްރޫއެއް!

ޑރ.ޝަހީމް އިސްކޮށް ހުންވައިގެން އަރަބިބަސް ކިޔަވައިދޭ މަޝްރޫއެއް!

ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު އިސްކޮށް ހުންނަވައިގެން ޢަރަބި ބަސް އުނގަންނައިދިނުމުގެ ޕްރޮގްރާމެއް އިފްތިތާހު ކުރައްވައިފިއެވެ.

މިއީ ދިވެހިރާއްޖޭގެ މުޖުތަމަޢުގައި ޢަރަބި ބަހަށް އަހަންމިއްޔަތުކަން ދެވޭ މިންވަރު އިތުރުކޮށް، މަދަރުސީ ތަޢުލީމު ޙާޞިލްކުރަމުންދާ ދަރިވަރުންނަށް ފޭރާން ހެޔޮ އަދި ނަތީޖާ ނެރެވެނިވި ގޮތެއްގައި ޢަރަބި ބަސް އުނގަންނައިދިނުމުގެ މަޤްޞަދުގައި، ޢިލްމު އިންސްޓިޓިއުޓުން ފަށާ މަޝްރޫޢެކެވެ. މަޝްރޫޢުގެ އަމާޒަކީ، ބައިނަލްއަޤްވާމީ ގޮތުން ފާހަގަކޮށްލެވޭ މުޤައްރަރެއްގެ ތެރެއިން، މަރުޙަލާތަކަކަށް ބަހާލެވިގެން ފަރުމާ ކުރެވިފައިވާ މުޅި ޕްރޮގްރާމް ފުރިހަމަކުރާ ދަރިވަރުންނަކީ، ފަސޭހައިން ޢަރަބި ބަހުން މުޢާމަލާތުކުރަން ދަންނަ ބަޔަކަށް ހެދުމާ އެކު، ކީރިތި ޤުރްއާނާއި ރަމާތް ރަސޫލާގެ ޙަދީޘްފުޅުތަކުގެ މާނަ ފަސޭހަކަމާ އެކު ދެނެގަތުމުގެ ޤާބިލުކަން ހުރި ޖީލެއް ބިނާކުރުމެވެ.

ޕްރޮގުރާމުގައު ކިޔަވައި ދިނުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޢަރަބި ބަހުންނެވެ. މިޕްރޮގްރާމުގައި ހަމައެކަނި ފޮތްބައެއް ނިންމާލަން އުޅުމުގެ ބަދަލުގައި އިސްކަންދޭނީ އެދަރިވަރަކު ކިޔަވަމުން ދާ މަރުޙަލާއެއްގައި ޙާޞިލު ވާން ޖެހޭ ބަހުގެ ހުނަރުތައް އެންމެ ރަނގަޅަށް ޙާޞިލުވެގެން އަނެއް މަރުޙަލާއަށް ބަދަލުވެ، ޕްރޮގްރާމް އެއްކޮށް ނިންމާލުމަށެވެ.

މުޅި ޕްރޮގްރާމް ނިމޭ އިރު، ޢަރަބި ބަހުން މުޢާމަލާތް ކުރުމާއި ޢަރަބި ބަހުން ލިޔެވިފައިވާ ތަކެތި ފަހުމް ވުމަށް ބޭނުންވާ އެންމެހާ ހުނަރުތަކެއް ދަރިވަރުންނަށް ރަނގަޅަށް ޙާޞިލު ކުރެވޭނެއެވެ. މިއާއެކު، ދަރިވަރުން ވާނީ ޢަރަބި ބަސް ނުވަތަ އެބަހާ ގުޅިފައިވާ އެކިއެކި ދާއިރާތަކުން ކުރިއަށް ދިއުމަށް ފުރިހަމައަށް ތައްޔާރުވެފައެވެ. ހަމަ އެހެންމެ ޢަރަބި ބަހުން އޯ ލެވެލް އިމްތިޙާނު ހަދަން ބޭނުންވެއްޖެ ދަރިވަރަކަށް އެ އިމްތިޙާނު ހަދައި، މަތީ ނަތީޖާއެއް ހޯދޭ ފެންވަރު އެކުދިންގެ ކިބައިގައި ހުންނާނެއެވެ.

އަމާޒުކުރެވޭ އުމުރުފުރާ:

– މި ޕްރޮގްރާމް އަމާޒުކުރެވޭނީ 7 އަހަރާ 16 އަހަރާ ދެމެދުގެ އުމުރުފުރާގެ މަދަރުސީ ތަޢުލީލމު ހާސިލުކުރަމުންދާ ދަރިވަރުންނަށެވެ.
– ދަރިވަރު ޕްރޮގްރާމް ފެށުމަށްފަހު އެދަރިވަރުގެ އުމުރު 16 އަހަރު ފުރުނު ނަމަވެސް އެދަރިވަރަކަށް ޕްރޮގްރާމް.
– ނިންމުމުގެ ފުރުސަތު ފަހިކޮށްދެވޭނެއެވެ. އަދި 16 އަހަރު ފުރޭ ދަރިވަރުން، އަޅުގަނޑުމެންގެ އެމް.ކިޔު.އޭ ޢަރަބި ކޯސްތަކަށް ބަދަލުވާން އެދޭ ނަމަ، އެ ފުރުސަތު މަގުފަހި ކޮށްދެވޭނެ.

ކުލާސްތައް ކުރިޔަށްގެންދެވޭނީ، ހަފްތާއަކު 5 ދުވަހު، ހެނދުނު ދަންފަޅިއާއި މެންދުރުފަހު ދަންފަޅިއަށް ބަހާލައިގެން ކުލާހަށް ހާޒިރު ވެގެންނެވެ. ހެނދުނު ދަންފަޅި އަމާޒުކުރުވެނީ މެންދުރުފަހު ސްކޫލުގައި ކިޔަވާ ދަރިވަރުންނަށެވެ. އަދި މެންދުރުފަހު ދަންފަޅި އަމާޒުކުރެވެނީ ހެނދުނު ސްކޫލުގައި ކިޔަވާ ދަރިވަރުންނަށެވެ. ދަރިވަރު ކިޔަވަން ހާޒިރުވާނެ ސީދާ ދުވަސްތަކާއި ގަޑިތައް ކަނޑައެޅިގެންދާނީ، ފެންވަރު ވަޒަންކުރުމުގެ އިމްތިޙާނު ނިމުމުންނެވެ.

ކުލާހުގެ ފީއަކީ މަހަކު 800 ރުފިޔާއެވެ. މިޕްރޮގުރާމުގައި ބައިވެރިވުމަށް ޝައުވެރިވާ ފަރާތްތަކުން ޕްރޮގްރާމާ ގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް އިލްމް އިންސްޓިޓިއުޓްގެ ހޮޓްލައިން 7707997 އަށް ގުޅައި މައުލޫމާތު ސާފު ކުރުމަށް ވަނީ އެދިފައެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

Leave a Reply

Your email address will not be published.