އަލީ އަށް އަނެއްކާ ވެސް ހޮލީވުޑް ފިލްމެއް

އަލީ އަށް އަނެއްކާ ވެސް ހޮލީވުޑް ފިލްމެއް

Author
ފާތިމަތު ނާވީ
16 ނޮވެމްބަރ 2022 10:50
0

ބޮލިވުޑްގެ ހުންރުވެރި އެކްޓަރު އަލީ ފަޒާލް އަނެއްކައިވެސް  ހޮލީވުޑް ފިލްމެއްގެ މަސައްކަތް ފަށައިފި އެވެ. އޭނާ ވަނީ މީގެ ކުރިންވެސް ހޮލީވުޑްގެ ފިލްމް ތަކެއްގައި މަސައްކަތް ކޮށްފައިއެވެ.

"ޔޫ ޑޯންޓް ހޭވް ޓު ޑައި" އާއި "ޓްވިން ޓަވާ" ގެނެސްދީގެން އޮސްކާ އެވޯޑް ވެސް ހާސިލުކޮށްފައިވާ ބިލް ގަޓެންޓެގް ޑައިރެކްޓް ކުރާ މި ފިލްމްގެ ނަމަކީ "އަފްގާން ޑްރިމާސް"އެވެ.

ފިލްމްގެ ޝޫޓިންތަށް މިހާރު މޮރޮކޯގައި ނަގަމުން އަންނަ އިރުގައި މިފިލްމްގެ ލީޑުން ފެނިގެންދާނީ  ނިކޯލް ބޫޝެރީ އެވެ. މި ފިލްމްގައި އަލީ ކުޅެނީ ކިހާވަރެއްގެ ރޯލެއް ކަމެއް އަދި ނޭނގެއެވެ. ފިލްމް ގެ ކާސްޓްގައި ކެނެތު ބްރެނާ، ގަލް ގެޑޯ، ރަސެލް ބްރޭންޑް، ޓޮމް ބޭޓްމަން އަދި ލެޓީޝިއާ ރައިޓް ގަދަ ތަރިން ހިމެނެ އެވެ.

 

View this post on Instagram

 

A post shared by ali fazal (@alifazal9)

"އަފްގާން ޑްރީމާސް" އަކީ އަފްގާންގެ އަންހެނުން ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާ އިން ކުރިއަރުވަން އެ ގައުމުގެ ޓެކް ވިޔަފާވެރިޔާ ރޯޔާ މެހްބޫބް 2017 ގައި ފެށި މަސައްކަތަށް ބިނާކޮށް ހަދާ އެއްޗެއް ކަމަށެވެ.

ބަތަލާ ރިޗާ ޗައްޑާ އާއި މިދިއަ ސެޕްޓެމްބަރު މަހުގައި ކައިވެނިކުރި އަލީ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ޒީ-5 އިން ރިލީޒް ކުރި "ތަޅްކާ"އެވެ. އޭނަގެ ކުރިއަށް ހުރި ހިންދީ ފިލްމުތަކުގެ ތެރޭގައި "ކޫފިޔާ" އަދި "ފުކްރޭ 3″ ހިމެނެ އެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.